ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ތިން އަހަރަށް ވުރެ ދިގުލައިގެން ދިއުމުން ކުށް ސާބިތު ކުރުމަށް ދަތިވޭ: ޝަމީމް

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުގައި މައްސަލައެއްގެ ޝަރީއަތް ތިން އަހަރަށް ވުރެ ދިގުލައިގެން ދިއުމުގެ ސަބަބުން ކުށް ސާބިތު ކުރުމުގައި ދަތިތައް ދިމާވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދިއުން ލަސްވެ، ގިނަ ފަހަރަށް އަހަރުތަކެއް ދިގުލައިގެން ދެ އެވެ. އަދި އޭގެ ސަބަބުން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވަނީ އެކަށީގެންވާ ހެކި ނެތުމާއި ބައެއް ހެކިވެރިންނަށް ހެކި ބަސް ނުދެވުމުގެ ސަބަބުންނެވެ.

ބައެއް މައްސަލަތައް ކޯޓުގައި ދިގުލައިގެން ދިއުމުގެ ސަބަބުން ކޯޓުގައި ހެކިބަސް ދޭ މީހާ ސީދާ އެ ހާދިސާ ހިނގައިދިޔަ ގޮތް ހަނދާނުގައި ނެތުންފަދަ ކަންކަން ދިމާވެ އެވެ.

މި މައްސަލައިގައި ނޫސްވެރިންގެ ސުވާލުތަކަށް ޕީޖީ ޝަމީމް ވިދާޅުވީ ޝަރީއަތްތައް ލަސްވަނީ ވަކި ބައެއްގެ ނުފޫޒެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި ކޯޓުގައި ޝަރީއަތްތައް އޮންނަ ޝެޑިއުލްއާއި އެއްގޮތަށް، ނުވަތަ ރާވާފައިވާ ގޮތަށް ކުރިޔަށް ދިއުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

ލަސްވާ ވަރަކަށް މައްސަލަތައް ސާބިތުވުމުގެ ފުރުސަތު ކުޑަވާނެ.. ހަނދާން ނެތުމާ.. އަދި ބައެއް ގޮންޖެހުންތައް ކުރިމަތިވާނެ

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި ހުރެ ޝަރީއަތްތައް ކުރިޔަށް ނުގެންދެވޭތީ، ޝަމީމް ވަނީ ދައުލަތުގެ އެހެން އިދާރާތްތަކަށް ވެސް އިމާރާތްތައް ކުއްޔަށް ނަގާ އުސޫލުން އަމަލު ނުކުރެވެންވީ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އެނާ ވިދާޅުވީ ކޯޓުގެ ޝަރީއަތްތައް ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށް ދިއުން މުހިންމު ކަމަށެވެ.

މިއީ ޕީޖީ އޮފީހަށް އޮތް އެންމެ ބޮޑު ގޮނެޖެހުންކަމަށްވުމާއި، އެކު ޝަމީމް އެދިވަޑައިގަތީ އެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ.

ނޫސްވެރިންނާއި ޕީޖީން މި މައްސަލައިގައި ހިއްސާ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ކާމިޔާބުވާ މައްސަލަތަކުގެ ރޭޓު ހުރީ 80 ޕަސަންޓާއި ގާތުގަ އެވެ. އަދި އޮކްޓޯބަރު މަހު ވެސް ނިމުނު މައްސަލަތައް ނިންމަން އެވްރެޖުކޮށް 553 ދފުވަސް ނެގިއިރު ސާބިތު ނުވާކަމަށް ނިމުނު މައްސަލަތައް ނިންމަން 870 ދުވަސް ނެގި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: