އީކޮލައި ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ފަރަންސޭސި ވިލާތުގެ ޗީޒު ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމަށް (އެމްއެފްޑީއޭ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަންގައިފިއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ އެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް އަދި ޔޫރަފުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން މި މައްސަލަ އެ އޮތޯރިޓީގެ ސަމަލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖެއަށް އެތެރެކޮށްފައިވާ އެ ޗީޒްއަކީ Fromagerie Tourete -Strasbourg ބްރޭންޑްގެ ޗީޒައެކެވެ. ބަރުދަނުގައި 250 ގުރާމު ހުންނަ މި ޗީޒްގެ މުއްދަތު ހަމަވަނީ 3 ނޮވެމްބަރުގައެވެ.

މި އެންގުމާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިިންވަރު ބެލުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރަމުން ދާކަމަށް މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރަންސޭސި ވިލާތުގެ މައުލޫމާތު ހިމެނޭ ޗީޒު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ފުޑް އޮތޯރިޓީން ވަނީ އަންގާފައެވެ.

