ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރު!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހެޅި ގަރާރު ކުރިޔަށް ނުގެންދާތީ އެ ޕާޓީން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން މިއަދުގެ ހަވީރަށް ތާވަލުކޮށްފި އެވެ.

49 މެންބަރުންގެ ސޮޔާއިއެކު އެމްޑީޕީއިން މަޖިލީހަށް ވެއްދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކި ސަބަބުތަކާއި ހެދި މަޑުޖެހި، ކުރިޔަށް ގެންދެވޭނެ މަގެއް ވަނީ ނުފެނިފަ އެވެ. އެހެންވެ އެ މައްސަލައިގައި މަޖިލިސް ވެސް އެއްކޮށް ހުއްޓުމަކަށް އަންނަކަމަށް ބުނެ، ހައްލެއް ހޯދައިދޭން އެދި އެމްޑީޕީން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

އިތުބބާރު ނެތްކަމުގެ ވޯޓު މިދިޔަ ހަފްތާގެ އާދީއްތައަށް ތާވަލު ކުރިނަމަވެސް، ޖަލްސާ ކުރިޔަށް ނުގެންދެވި ކެންސަލް ކުރަން ޖެހުނީ ރިޔާސަތު ބެލެހައްޓަވާނެ ބޭފުޅެއް ނެތުމުންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫއަށް ޕޮޒިޓިވް ވުމުން މި ހަފްތާ އެއްކޮށް ހުންނެވީ ސަލާމުގަ އެވެ. އީވާ ނެތި ޖަލްސާ ކުރިޔަށް ނުގެންދެވޭނެކަމުގެ ލަފާ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ އެމްޑީޕީގެ ޕީޖީއަށް ލިއުމުން އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އަންގަވާފަ އެވެ.

އެ ސަބަބު ގަބޫލު ކުރުމަށް ދެކޮޅު ހަދައި އެމްޑީޕީން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މައްސަލައިގެ ދެ އަޑުއެހުމެއް މި ހަފްތާގައި ސުޕްރީމް ކޯޓުން ކުރިޔަށް ގެންދިޔަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: