މެމްބަރުން ހަމަނުވުމުގެ ސަބަބުން، ކޯރަމް ގެއްލިފައި އޮތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން (ޕީސީބީ) އަށް މެމްބަރުން އައްޔަނުކޮށްފި އެވެ.
ޕީސީބީގެ ހުސްވެފައިވާ ތިން ގޮނޑިއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެމްބަރުން އައްޔަނު ކުރެއްވީ މިއަދު އެވެ. ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ ތަނެވެ. ޕީސީބީގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، އެ ތަންތަން ބެލެހެއްޓުން ހިމެނެ އެވެ.
ޕީސީބީއަށް ރައީސް އައްޔަނު ކުރެއްވި މެމްބަރުންނަކީ:-
- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަހުމަދު މުޝްތާޤު
- ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
ޕީސީބީއަށް އައްޔަނު ކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ މޫސާ ފަތުހީއަކީ ގާނޫނީ ވަކީލެކެވެ. އަދި މޫސާ ފަތުހީ ވަނީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. އަދި އިއްޔެ މިނިސްޓްރީތަކަށް އައްޔަނު ކުރި ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ވެސް ހިމެނޭ މޫސާ ފަތުހީ އަކީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.
މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސް މަގާމުތައް ވެސް އަދާކުރި، ލީނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ސީއީއޯކަން ވެސް ކުރައްވާފަ އެވެ.
ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފަ އެވެ.
ގާނޫނުގައ ވަނީ ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަނު ކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ނަންތައް ޕީސީބީއަށް ފޮނުވުމުން އެތަނުން ދޫކުރާ ހުއްދައިގެ ދަށުންނެވެ. އަދި ހުއްދަ ދޭން ޖެހޭނީ ޕީސީބީގެ ބައްދަލުވުމެއްގަ އެވެ.

