ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ޔުނިފޯމްޑް މުއައްސަސާތަކުގެ އަސާސީ ތަމްރީން އެކައްޗަކަށް ހެދުން: މިނިސްޓަރު އިހުސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ހުރިހާ ޔުނިފޯމްޑް މުއައްސަސާތަކުގެ އަސާސީ ތަމްރީނު އެކައްޗަކަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެންއޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެއްވުމަށްޓަކައި އެމަނިކުފާނު މަސައްކަތްކުރައްވާނެކަމަށޭވެ.

މިނިސްޓަރު ވިދާޅުވީ، ތަމްރީނުކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ ބައެއްގެ ގޮތުގައި ބިނާކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށާއި  ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުން ބިނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަލާމާތީ މުއައްސަސާތަކުގެ އޮފިސަރުންނަށް ކުރިމަތިވެގެންދަނީ ކުޑަ ހުރަސްތަކެއް ނޫންކަމަށާއި، ވަސީލަތްތައް މަދު ނަމަވެސް ޒިންމާތައް ބޮޑުކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ ހުވާ ހަނދާނުގައި ބަހައްޓަން އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: