ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މީހެއްގެ ހައްގެއް އަތެއް ނުލާނަން، ފްލެޓެއް ނުގެއްލޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯއްޗާއި ފްލެޓުގެ ކަންކަން ކުރިޔަށް ގެންދަވާނީ ވައުދުވެވަޑައިގެންފައިވާ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅި އެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރި އެވެ.

ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދި އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގި އެވެ.

މި މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދާތީ، ސީދާ ރައީސްގެ ސާފު ޖަވާބެއް ދެއްވުމަށް ”ސަންގު“ ޓީވީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެދުމުން ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެ ކަމަށެވެ.

މިސާލަކަށް މީހަކު އޮތީ މަކަރު ހަދައިގެން އޮޅުވާލައިގެން ނުބައި މައުލުމާތުތަކެއް ފޯޖްކޮށްގެން، ޕޮއިންޓް ހަމަކޮށްގެން ލިބިފައި އެއީ ވަކި ކޭސްއެއް، އޭސީސީން ބަލާނެ

ރައީސް ވިދާޅުވީ ގޯތީގެ ކަންކަން ކުރިޔަށް ގެންދަވާނީ އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ކަމަށާއި، އޭރު ގެޒެޓު ކުރި ލިސްޓުގައި ހިމެނި އެކަމަކު ލިއުން ނުލިބޭ މީހުން ވެސް ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށެވެ. އެކަމަކު އޮޅުވާލުމެއްގެ ތެރެއިން ފްލެޓު ލިބިފައިވާނަމަ، އެކަން ކުރިޔަށް ގެންގޮސް ބަލާނީ އޭސީސީންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފައިނަލް ލިސްޓެއް ގެޒެޓު ކުރެވިފައިވުން އެއީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުމެކެވެ. އެހެންކަމުން އެއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެއްވެސް މީހެއްގެ ހައްގެއް އަތެއް ނުލާނަން، ލިބިފައި އޮތް އެއްޗެއް ރަސްމީ ގެޒެޓް ކުރެވިގެން މީހަކަށް… ލިސްޓެއްގައި ތިމަންނަގެ ނަން އެބަ އޮތޭ.. ލިބޭ ގޮތަށް… އެއީ ފްލެޓް ވިޔަސް ގޯތި ވިޔަސް، އެ މީހާއަށް އެ ގޯތި ފްލެޓް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ގެޒެޓްކޮށްފައި އޮތިއްޔާ އެ މިހާއަށް ލިބޭނެ…

ރައީސް ވިދާޅުވީ މައުލޫމާތުތަކެއް ފޯޖު ކުރުމާއި، އޮޅުވާލުން ފަދަ ކަންކަން އެއީ ވަކި މައްސަލައެއްކަމަށާއި، އެބައި ކުރިޔަށް ގެންދާނީ ކަމާއި ގުޅުން ހުރި އިދާރާތަކުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: