ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް!

4،000 ފްލެޓްގެ މައްސަލާގައި އާންމުންގެ ހައުސިން މިނިސްޓްރީގެ އިދާރާގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގެ ޝަކުވާތަކުގެ ތަހުގީގުތަކަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފި އެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނު ކުރި 4،000 ފްލެޓާއި ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާ ކަމަށެވެ. ކޮމިޝަނުން ބުނީ އެކްސެސް ދިނުމާއި އެކު މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ފެށިގެން ކުރިޔަށްދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅި އެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރި އެވެ.

ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދި އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގި އެވެ.

މި މައްސަލައިގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދާތީ، ސީދާ ރައީސްގެ ސާފު ޖަވާބެއް ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ގޯތީގެ ކަންކަން ކުރިޔަށް ގެންދަވާނީ އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ކަމަށާއި، އޭރު ގެޒެޓު ކުރި ލިސްޓުގައި ހިމެނި އެކަމަކު ލިއުން ނުލިބޭ މީހުން ވެސް ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށެވެ. އެކަމަކު އޮޅުވާލުމެއްގެ ތެރެއިން ފްލެޓު ލިބިފައިވާނަމަ، އެކަން ކުރިޔަށް ގެންގޮސް ބަލާނީ އޭސީސީންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފައިނަލް ލިސްޓެއް ގެޒެޓު ކުރެވިފައިވުން އެއީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިންމުމެކެވެ. އެހެންކަމުން އެއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: