ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭއަށް މުޅިން އާ ދެ އެފްއެންޑްބީ އައުޓްލެޓް!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓާމިނަލްގައި މުޅިން އާ ދެ އެފް.އެންޑް.ބީ އައުޓްލެޓް ހުޅުވުން/ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އިންޓަރނޭޝަނަލް ޓާމިނަލް ގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް މިއަދު ހުޅުވައިފިއެވެ.

މިއަދު މި ހުޅުވުނު އެފްއެންޑްބީ ދެ އައުޓްލެޓް އަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓް ހުޅުވި ދެ އައުޓްލެޓެވެ.

ވީއައިއޭ ޑިޕާޗާރ ޓާމިނަލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ ސީ.އީ.އޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރ ސްރަވަން ޕަޓްނައިކެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ގްރޭޕް އެކްސްޕެކްޓޭޝަންސް އަދި އެޗްއެމްއެސްހޯސްޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވީއައިއޭ އިންޓަރނެޝަނަލް ޑިޕާޗަރ ފޯރކޯޓް ގައި ގޮތް ހަދަން އެމް.އޭ.ސީ.އެލް އިން ނިންމީ މި ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް ވެލާނާ އިންޓަރނެޝަނަލް އެއަޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައެވެ.

އެމްއޭސީއެލް އާއި ގްރޭޕް އެކްސްޕެކްޓޭޝަން އަދި އެޗްއެމްއެސްހޯސްޓްއިން ކުރެވުނު މަސައްކަތުން މިއަދު ހުޅުވުނު އައުޓްލެޓްގެ ތެރެއިން ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއްކަމަށްވާ ”ދަ ގްރޭޕް“ އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓް އެވެ. އަދި އެޗްއެމްއެސްހޯސްޓް މޯލްޑިވްސް މިއަދު ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއަރ ޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެކުންފުންޏެވެ.

މިއަދު ހުޅުވުނު ދެ އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދަކަވަމުން އިބްރާހިމް ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް އަމާޒަކީ ވީ.އައި.އޭއިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަގަޅު ހިދުމަތް ފޯރުކޮށްދިނުންކަމަށާއި އަދި މިއަދު ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަގަޅު ޙިދުމަތެއް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: