ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ ހުކުމް ތަންފީޒުކުރުމާއިމެދު ހިއުމަން ރައިޓްސް ވޮޗްގެ ކަންބޮޑުވުން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ ވަޒީރު އަލީ އިހުސާން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާއިމެދު އޮންނަ ބިރު އިތުރުވެގެންދަނީ ޝަރުއީ ނިޒާމުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގެ ތާރީހުގެ ސަބަބުންކަމަށް ބައިނަލްއަގުވާމީ އިންސަނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗްްއިން ބުނެފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނެ ދެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވައި ހިއުމަން ރައިޓްސް ވޮޗްއިން ނެރިފައިވާ ބަޔާނުގައިވާގޮތުން، މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމި ނިންމުމަކީ 1950 ވަނަ އަހަރުން ފެށިގެން އެ ކަން ނުކުރުމަށް ނިންމާފައިވާ ނިންމުމެއް އުވިގެންދިއުންކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާއިމެދު ބައިނަލްއަގުވާމީ އަދި ގައުމުގެ އެތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، ސަބަބަކީ ޝަރުއީ ނިޒާމުގެ ތާރީހުގެ ތެރޭގައި ކޮރަޕްޝަނާއި ސިޔާސީ އަމަލުތައް ފެންނަން ހުރުންކަމަށްވެސް ބުނެފައިވާއިރު، ނިޒާމުގެ ތެރެއިން އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވުމާއި، ކުރީގެ ބޮޑެތި މައްސަލަތަކުގައި މީހަކު ޒިންމާކުރެވިފައިވެސް ނުވުމުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމުމުން ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. އަދި އެ ހުކުމުގެ އަނިޔާވެރިކަމުގެ ސަބަބުން އެ ޖަމިއްޔާއިން ހުރިހާ ހާލަތެއްގައިވެސް ދެކޮޅު ހަދާކަމަށް ބުނެފައިވެއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ޕެޓްރިޝާ ގްރޮސްމަން ވިދާޅުވީ، ރައީސް މުއިއްޒު އަވަހަށް އެ ނިންމެވުން އަނބުރާ ގެންދަވަންވީކަަމށޭވެ. އަދި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ބައްޓަންކޮށް މިސްރާބު ބަހައްޓަންވީވެސް ބައިނަލްއަގުވާމީ ދުނިޔޭގެ ވިސްނުމާއި އެއްގޮތަށްކަމަށާއި އެއީ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުންކަަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 87%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: