ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސް، ނައިޝް ހޯދުމުގެ މަސައްކަތް ކުރިޔަށް

ގެއްލިގެން ހޯދަމުންދާ މުހައްމަދު ނައީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އައްޑޫގައި އިހި ނަގަން އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިޔަށްދާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އައްޑޫ ގަމުގެ ދެކުނުން، އިހި ނަގަން ފޭބި އުމުރުން 18 އަހަރުގެ މަރަދޫ، ކުރެދުމާގޭ ނައިޝް ގެއްލިގެން ރިޕޯޓު ކުރީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:45 ހާއިރެވެ.

ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން މީޑިއާތަކަށް ބުނީ، ފުލުހުންނާއި އާންމުންގެ ގިނަ އުޅަނދުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ ނައިޝް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ނައިޝް ހޯދުމަށް ކުރިޔަށް ދާ އޮޕަރޭޝަނަށް އައްޑޫގެ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެ މަގުން އެ ސަރަހައްދު ވެސް ބަލަމުން ގެންދާ ކަމަށެވެ،

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި، އައްޑުއަށް ވެސް ސަމާލު ނެރެފައިވާއިރު އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާކަމަށާއި އެކަމަކު ގެއްލިގެން ހޯދަމުންދާ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ނުވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް 490 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެގޮތުން ސަދަން އޭރިއާ ކޮމާންޑު، ކޯސްޓުގާޑުގެ ފޯތް ސްކޮޑްރައިން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި ވައިގެ މަގުން 23.46 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 490 ސްކޮޔާ ނޯޓިކަލް ބޭރު މިހާތަނަށް ބަލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ނައީޝްއަކީ އައްޑޫ ހައިސްކޫލުގައި ގްރޭޑު 12 ގައި ތައުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ. ރަށުގެ ގިނަ މީހުންނާއި، އޭނާގެ ރަހުމަތްތެރިން ވަނީ އެއީ މަޑުމައިތިރި އަދި ނަމާދަށް ފަރުވާތެރި ބަސްއަހާ ކުއްޖެއްކަން ފާހަގަކޮށްފަ އެވެ.

ނައީޝަކީ އާއިލާގެ ހުރި އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: