ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގަށް ފަރިތަ އެމްޑީޕީގެ ވާހަކަތައް މިއަދު ރައްޔިތުން ގަބޫލެއް ނުކުރާނެ: ޝުޖާއު

ފުށިދިއްގަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފާޑުކިއުމާއި، އުނދަގޫތައް ސަރުކާރަށް ފޯރުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިފްތިތާހު ކުރުމުންކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އައުމަށް ރިޔާސީ ކެމްޕެއިން ކުރި ދުވަސްވަރުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ބޯހިޔާވަހިކަމަށް ހާއްސަކޮށް ވަކި ޕްލޭނެއްގެ ދަށުން މެނިފެސްޓޯއެއް އެކުލަވާލައި އެ ސިޔާސަތުތައް އާންމު ކުރައްވާފަ އެވެ. އެގޮތުން އެ ޕްލޭންގައި ވަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

ސަރުކާރަށް 30 ދުވަސް ހަމަވުމުގެ ކުރިން އަމަލީ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވި، ފުށިދިއްގަރުފަޅުގެ ޕްރޮޖެކްޓު ފެށިއިރު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ފާސްކޮށްފައި ވަނީ އެ މަޝްރޫއު އުނިކުރުމަށް ފަހު އެވެ.

ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓު ފެށިއިރު އިދިކޮޅު އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި އެއީ އެންމެ ފައިދާ ހުރި މަޝްރޫއުއަކަށް ނުވާނެ އެވެ. އެހެންވެ ފާޑުކިއުންތައް އަމާޒުކޮށް މަޖިލީހުގެ ތަޅުމަށް ވެސް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޝުޖާއު މިއަދު ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓަކީ ދިވެހި ރައްޔިތުންގެ މުސްތަގުބަލުކަމަށާއި، އެމްޑީޕީ ހިތްހަމަނުޖެހެނީ ރައްޔިތުން ބޭނުންވި ތަރައްގީ ސަރުކާރުން ގެނެސްދޭތީ ކަމަށެވެ.

އެނާ ވިދާޅުވީ ރައީސް މުއިއްޒުގެ ތަރައްގީއާއި އެ ސްޕީޑު ފެނި އެމްޑީޕީއަށް އުނދަގޫވަމުންދާކަމަށާއި، މިހާރު އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައުދީން ތަރައްގީކުރުމަށް ޝައުގުވެރިވި ފ މަޝްރޫއު ހުއްޓުވި ގޮތަށް ރަސްމާލެ ޕްރޮޖެކްޓަށް ވެސް ހުރަސްއެޅުމަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ، ދޮގަށް ވަރަށް ފަރިތަ ޕާޓީއެއްކަމަށާއި ރައްޔިތުން މީގެ ކުރިން އެ ވާހަކަތައް ގަބޫލު ކުރިޔަސް މިހާރު އޮތީ އެއަށް ވުރެ ތަހުޒީބު މުޖްތަމައުއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: