ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަމަޖިލިސް އިންތިހާބު އެމްޑީޕީގެ ޕްރައިމެރީ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ވޯޓުތައް ގުނުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު އެ ޕާޓީން އިތުރުކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ކުރިން ހަމަވާ ގޮތަށް އޮތީ ހޯނަ ދުވަހަށެވެ. އެހެން ނަމަވެސް އަލަށް އިތުރު ކުރި މުއްދަތާއި އެކު ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އާދީއްތަ ދުވަހުގެ ހަވިރު 16:00 އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށަހަޅާނީ، އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ. އަދި ފޯމު ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޕާޓީން ވަނީ އެދިފައެވެ.

ސިޔާސީ ޕާޓީތަކުން ވަނީ ޕާޓީތަކުގެ ޕްރައިމެރީގައި ވާދަކުރުމުގެ އުސޫލު އެކުލަވާލާފަ އެވެ. އެގޮތުން އެމްޑީޕީން ވެސް ވަނީ ޕާޓީގެ ޕްރައިމެރީގެ ޝަރުތުތައް ވަރުގަދަކޮށްފަ އެވެ.

އެމްޑީޕީން މަޖިލިސް ޕްރައިމެރީއަށް އިއުލާނުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު ވިދާޅުވީ މިކަމަށް ކުރިމަތިލެވޭ މީހުންގެ ތެރޭގައި ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ މީހެއްތޯ ބަލާނެ ކަމަށެވެ.

އެ ޕާޓީން ނެރުނު ރިޔާސީ ކެންޑިޑޭޓާއި އިދިކޮޅަށް ކެމްޕެއިންކޮށްފައިވާ މީހެއް ކަމަށް ފާހަގަވެއްޖެނަމަ އެ މީހަކަށް ޕާޓީގެ ޓިކެޓެއް ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މިއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުށުގެ ރެކޯޑް ސާފުކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރިން ބަލަނީ ހަމައެކަނި މާލޭގައި ހުރި ސުޕީރިއާއި ކޯޓްތަކާއި އެމީހަކު ނިސްބަތްވާ ރަށުގެ ކޯޓްތައް ނަމަވެސް މިހާރު ހުރިހާ ކޯޓުތަކެއް ވެސް ބަލާކަމަށެވެ. އިބްރާހީމް ވަހީދު ވިދާޅުވީ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ކަނޑައަަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ ކުށުގެ ރެކޯޑް ސާފުކޮށްގެންކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށްޓަކައި ފުރަން ޖެހޭ ފޯމް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި އެ ފޯމާއެކު ކުށުގެ ރެކޯޑް ސާފުކުރާ ފޯމުވެސް ލިބޭނެކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: