ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

އުރީދޫ ޑްރޯން ރޭސް 2023 - ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ޑްރޯން ރޭސް 2023 – ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް 23 ޑިސެމްބަރު 2023 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއިރު، ސްކައި ވޯކާ ކެޓެގަރީ އިންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވެ އެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން 8 ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާއިރު، ސްކައި އެލީޓް ކެޓަގަރީން އހަތަރު ބައިވެރިން ނުވަ ހުރަހަކުން ދަތުރުކޮށް އެންމެ ހަލުވި ވަގުތުގެ ތެރޭގައި 2 ލެޕް ނިންމުމަށް ވާދަކޮށްފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ރޭސް އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޑްރޯން ރޭސް ގައި ވާދަކޮށް ވަނަތައް ހޯދި ޕހުނރުވެރި ޕައިލެޓުންނަށް ވަރަށް ހޫނު މަރުޙަބާ ދަންނަވަން. މިއަހަރުގެ ޑްރޯން ރޭހުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، އައު ކަންތައްތަކާއެކު މިއަށްވުރެ ވެސް ފުރިހަމަކަމާއެކު އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް.

ސްކައި އެލީޓް ކެޓަގަރީން ވާދަކުރިފަރާތްތަކުގެ ތެރެއިން 1:00:55 ގެ ތެރޭގައި ރޭސް ނިންމާ އެއްވަނަ އަށް ދާ ފަރާތައް ލިބޭ ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) ކާމިޔާބު ކޮށްފައިވަނީ މުހައްމަދު އާލިން ޝާފިއު އެވެ. 1:06:11 އިން ރޭސް ނިންމައި، ހަމްޒާ ވަސީމް ދެވަނަ ހޯދާފާ ވާއިރު، 3ވަނަ ކާމިޔާބުކޮށްފައިވަނީ 1:08:10 މިނެޓުން ރޭސް ނިންމި ހުސައިން އަލޫފް ރިޔާޒެވެ. އެންމެ ދެވަނަ އަށް ދިޔަ ފަރާތަށް 3 މަސް ދުވަހުގެ (1536 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް އެއް ލިބިފައިވާއިރު ތިން ވަނަ ހޯދި ފަރާތައް ލިބުނީ 2000 ރުފިޔާގެ މޫލީ ވައުޗަރެކެވެ.

ސްކައި ވޯކާ ކެޓަގަރީގެ އެއްވަނަ އިބްރާހިމް ޝާބިލް 01:11:78 އިން ރޭސް ނިނަމާފައިވާއިރު، ދެވަނަ އަށް ދިޔަ އައްޝަމް ޝަރީފް ހުނަރުވެރިކަމާއެކު 01:25:94 ތެރޭގައި ރޭސް ނިންމާފައިވަނީ އައްޝަމް ޝަރީފެވެ. މި ކެޓެގަރީ އިން އެއްވަނަ ހޯދި ޝަބިލް އަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ލިބިފައިވާއިރު ދެ ވަނަ ހޯދި ފަރާތައް 3 މަސް ދުވަހުގެ (750 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް އެއް ލިބިފައިވެއެވެ. މީގެ އިތުރުން 01:27:36 ރޭސް ނިންމާ ތިން ވަނަ ހޯދި މިފްޒާލް އިބްރާހިމް ފަޒީލަށް 1000 ރުފިޔާގެ މޫލީ ވައުޗަރެއް ލިބިފައިވެއެވެ.

ރާއްޖޭގެ ރަސްމީ ޑީޖޭއައި އޮތޮރައިޒްޑް ސޭލަރގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މި އިވެންޓުގެ ކާމިޔާބީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިވެންޓުތަކާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އެފްޕީވީ ރޭސިން އިތުރުވެ ފުޅާވެގެންދިއުން
ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު.

އުރީދޫ ޑްރޯން ރޭސް 2023 ގެ ކާމިޔާބީއާއި އެކު، އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޑްރޯން ރޭސިން ކުރިއެރުވުމަށް ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: