ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު އަދިވެސް ސާފެއް ނޫން، އަދަދުތަކަށް ބަދަލު އައިސްދާނެ: ޝަހީބް

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު ބަލަހައްޓަން 25 އިންޑިއާ ސިފައިން، ޑޯނިއާއަށް ވެސް 25 ސިފައިން މިދިޔަ ދައުރުގައި ތިބި/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންގެ މައްސަލައިގައި، މިހާތަަނަށް ލިބިފައިވާ މައުލޫމާތުތަކާއި އެކު ވެސް އަދަދުތަކަށް އިނު އިތުރެއް އައުމެއް ފުރުސަތު އެބައޮތްކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ، އިންޑިއާ އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށާއި އޭގެ ދަށުން އެ ގައުމުގެ އަސްކަރީ ސިފައިންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް ތިބުމުގެ ޖާގަ ދޭކަމަށެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ ރާއްޖެއިން އިންޑިއާގެ ސިފައިން ފޮނުވާލައި، އެ އެއްބަސްވުންތައް ހާމަކުރުމެވެ.

އިންޑިއާގެ ސިފައިންނާއި ގުޅުވައި އެކި ގޮތްގޮތުން ވާހަކަތައް ދެކެވޭއިރު، ވެރިކަމަށް މިވީ ދޮޅު މަހުގެ ތެރޭގައި ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީޑިއާތަކުގެ އެންމެ އާންމު ސުވާލަކީ އެއީ އެވެ. އެގޮތުން ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު އާންމު ކުރި ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 108 އެއްބަސްވުމެއް އެކުލަވާފައިވެއެވެ. އަދި ރާއްޖޭހައި ތިބީ 77 ސިފައިންކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން އެ އަދަދުތަކާއި މެދު ސީދާ ޖަވާބެއް ލިބިފައިނުވާއިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ވެސް ސުވާލު ކުރުމުން ޝަހީބް ވިދާޅުވީ ފަހުން އެނގިފައިވާ ގޮތުން އިންޑިއާ ސިފައިންގެ އަދަދަކީ 89 ކަމަށެވެ. އަދި 70 ގެ އަދަދުތަކެއް ވެސް އެބަހުރިކަމަށާއި، އެކަން ޖެހޭނީ އިތުރަށް ސާފު ކުރަންކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ އަދަދު ނޭނގި އޮތުން އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫންތޯ އާއި، އެހެންކަމުން ދެ ގައުމުގެ މެދުގައި އަދިވެސް މަޝްވަރާ ކުރަންވީ ކީއްވެގެން ތޯ ސުވާލު ކުރުމުން ޝަހީން ވިދާޅުވީ މީޑިއާތަކަށް ދެނީ މިހާތަނަށް އެނގިފައިވާ އަދަދު ކަމަށެވެ. އަދި މުވައްސަސާތަކާއި ކަމާއި ބެހޭ އިދާރާތަކުން، އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް އަދި ފާހަގަކޮށްފައި ނުވާކަމަށް ޝަހީބް ވިދާޅުވި އެވެ.

އޭގެ ފަހުން ސުވާލު ކުރި ނޫސްވެރިއަކު ވަނީ އަދަދު ސަރުކާރަށް ނޭނގެނީ ތޯ، ނުވަތަ ސީދާ ޝަހީބުގެ އަތުގައި ނެތީތޯ ސުވާލުކޮށްފަ އެވެ. އަދި އެކަން ދެން އެނގޭނީ ކޮން ބަޔަކަތަށް ތޯ ވެސް ސުވާލު ކުރި އެވެ. ޖަވާބުގައި ޝަހީބް ވިދާޅުވީ އަދަދުތައް މިނިސްޓްރީއަށް އެނގޭނެ ކަަމަށެވެ.

ތުރުކީވިލާތާއި ކޮޕް ސަމިޓުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަހު ވެސް މީޑިއާތަކާއި ބައްދަލުކޮށް ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަަސްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: