ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކާއި، ވުޒާރާތަކުން ސިލްސިލާކޮށް ނޫސްވެރިންނާ ބައްދަލު ކުރާނެ: ސަރުކާރު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް މީޑިއާތަކަށް ހާމަކުރުމުގެ ގޮތުން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ގެންގުޅޭނީ މައުލޫމާތުތައް ދިނުމުގެ ހާމަކަން ބޮޑު ސިޔާސަތެއްކަމަށް ވިދާޅުވެފަ އެވެ. އަދި މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވައި ސަރުކާރުގެ އިދާރާތްތަކާއި ކުންފުނިތަކުން ބޭނުންވާ މައުލޫމާތުތައް ނުލިބި އެކަމުގެ ޝަކުވާތައް ގިނަވާ ހާލަތަށް ކަންކަން ދިޔަ ނުދެއްވާނެކަމަށް ވައުދުވެވަޑައިގަތެވެ.

ސަރުކާރަށް މިވީ ދޮޅުމަހެއްގެ ތެރޭގައި ސިޔާސަތުތަކާއި ގުޅޭގޮތުންނާއި، ކެބިނެޓު ބައްދަލުވުންތަކުގެ ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތުތައް ދިނުމަށް ޕްރެސް ކޮންފަރެންސްތައް ބާއްވާފައި ވެއެވެ. އެކަމަކު ބައެއް ކަންކަމުގައި އެކަށީގެންވާ މައުލޫމާތުތައް ނުލިބޭތީ، ނޫސްވެރިން ވަނީ އެކަމުގެ ޝަކުވާތައްކޮށްފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މަސައްކަތައް މީޑިއާތަކަށް ހާމަކުރުމަށް ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތައް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މި ހަފްތާގައި ފެށޭނެ ކަމަށެވެ.

ޝަހީބު ވިދާޅުވީ އެ ސިޔާސަތުގެ ދަށުން މިދިޔަ ހޯމަ ދުވަހު އެއް ބައްދަލުވުން ބާއްވާފައިވާކަމަށާއި، އެ ބައްދަލުވުން ބޭއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެހެން މިނިސްޓްރީތަކުން ވެސް އަޑުގެ ސެނެކޯ މާލަމުގައި މީޑިއާތަކަށް މައުލޫމާތުތައް ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތުތައް ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަން ފާހަގަކުރައްވައި ޝަހީބު ވިދާޅުވީ އޭގެ ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތުތައް ދިނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: