ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ޓްރާންސްޕޯޓް މާސްޓާރ ޕްލޭން ލޯންޗުކޮށްފި

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ޓްރާންސްޕޯޓް މާސްޓާރ ޕްލޭން ޑެވެލޮޕްމެންޓުގެ މަސައްކަތް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް ލޯންޗްކޯށް ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށް ގެންދާ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި އިލެކްޓްރިކް ބަހާއި، އިލެކްޓްރިކް ބައިކް ސްކީމް ތައާރަފް ކުރުމާއި، ކުއަލިޓީ މޮނިޓަރ ކުރާނެ ސިސްޓަމެއް މާކޭގައި ބެހެއްޓުމުގެ މަޝްރޫއެކެވެ. މާލެ ސަރަހައްދުގެ ޓްރާންސްޕޯޓް މާސްޓާރ ޕްލޭން ޑެވެލޮޕްމެންޓުގެ މަސައްކަތް ލޯންޗް ކުރެއްވުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވެސް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިގް ވިދާޅުވީ މާލެ ސަރަހައްދުގައި އަދި ރާއްޖޭގައިވެސް ލޯ އެމިޝަން އަދި ޓްރާންސްޕޯޓް ނެޓްވޯކެއް ގާއިމު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ހައްސަކޮށް މާލެ ފަދަ ތޮއް ޖެހިފައިވާ ސިޓީއެއްގައި ލޯ އެމިޝަން ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް މާލޭގައި ރަނގަޅު ޓްރާންސްޕޯޓް މާސްޓާ ޕްލޭނެއް އޮވެއްޖެނަމަ އިތުރަށް ލޯ އެމިޝަން ޓަރާންސްޕޯޓް ސިސްޓަމްތަކެއް ގާއިމު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި އިލެކްޓްރިކް ބަހާއި، އިލެކްޓްރިކް ކާރާއި، މިނޫންވެސް އިލެކްޓްރިކް ވެހިކަލްސް އިތުރުކޮށް އަދި މިހާރު މާލޭގައި ދުއްވާ ޑީޒަލް އަދި ޕެޓްރޯލް އުޅަންދުފަހަރު މަދު ކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން މާލެ ފަދަ ތޮއް ޖެހިފައިވާ ތަނެއްގައި ދިރިއުޅޭ ރައްޔިތުން ދުއްވާ އުޅަނދު ތަކުގެ އިންޖީނުތަކުގެ ވިހަ ގޭހަކީ އެކި ކަހަލަ ސިއްހީ ބަލ؛ތައް އިތުރުވާކަމެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މާލެ ސަރަހައްދުގައި ވިހަ ގޭސް ހުރި މިންވަރު މޮނިޓަރ ކުރުމަށް އާލާތްތައް ހަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: