ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު އިންތިހާބުގެ ވޯޓުލުން ފަށައިފި، ހަވީރު ފަހެއް ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ދާނެ

ވަގުތު އިމޭޖްސް:
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރާއި އަދި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އިންތިހާބުގެ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

މިއަދު ހެދުނު 8:00 އިން ފެށިގެން 16:00 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އީސީ އިން ހަަމަޖެހިފައިވީނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން އީސީ އިން ވަނީ ވޯޓު ލުމުގެ ވަގުތު މިއަދު ހަވީރު 17:00 ހަމައަށް ވަގުތު އިތުރުކޮށްފައެވެ.

މިއަދު 8:00 ޖެހިއިރު ބައެއް ވޯޓު ފޮށި ތަކުގެ ވޯޓު ލުން ފެށިފައި ވާކަމަށް އީސީ އިންވަނީ މައުލޫމާތު ދީފައެވެ.

މި އިންތިހާބަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ މެދުހެންވޭރު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުމެވެ.

މާލޭގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަގޮތުން ދެ ކެންޑިޑޭޓަކު އަދި ސީޔާސީ ޕާޓީތަކުން ތިން ކެންޑިޑޭޓަކު ވަނީ ކުރިމަލައްވާފައެވެ. އޭގެތެރޭގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރާއި، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް ހިމެނެއެވެ. އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ހުސެއިން ވަހީދާއި ޝުއައިބު އަލީ ހިމެނެއެވެ.

މި އިންތިހާބުގައި 55،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: