ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ސާބިތުވެ އޮންނާނެ: ރައީސް ސޯލިހް

ފޮޓޯ: މިރާން/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ސާބިތުވެ ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ. އެހެންކަމުން އެކަމަށް ރައީސް ސޯލިހް ވަނީ އާޒިމްއަށް މަރުހަބާ ދަންނަވާފައެވެ. އަދި މޭޔަރު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ތަނަވަސް އަގުލަބިއްޔަތަކުން ކަމަށާއި އަދި އެމްޑިޕީ ރައްޔިތުންގެ އިހުސާސްތައް ދަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ގުނިފައިވާ ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުންނަމަ އާޒިމަށް އިންތިހާބު ކާމިޔާބު ކުރެވިފައިވާ ކަމަށް ވަނީ ޔަގީން ކުރެވިފައެވެ. އެގޮތުން އާޒިމް އަށް ވަނީ 6000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ.

ލޭގެ މޭޔަރުގެ މަގާމަށް ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ. އެއީ އާޒިމްގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.

އާދަމް އާޒިމަކީ މިދިޔަ ސަރުކާރުގައި ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: