ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރަައިގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުންތައް ބަލަނީ!

މާލެ އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު މާލޭގެ ގެތަކުގެ އެސަސްމަންޓު ހަދަމުންދާކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

މާލެ ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތައް ލިބިފައިވާއިރު، އެންޑީއެމްއޭއިންވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން ހިއްސާކޮށްފައިވާގޮތުން މާލޭއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނީ ޖުމުލަކޮށް 75 ގެއަކަށް ކަމަށެވެ. އަދި އެ އަދަދުގެ ތެރެއިން 40 ގެއެއްގެ އެސަސްމަންޓު ނިމިފައިވާކަމަށް ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، ބައެއް ގެތަކުންވަނީ އެސަސްމެންޓު ހެދުމަށް ބޭނުން ނުވާކަމަށް ބުނެފައެވެ. އެގޮތުން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 18 ގެއަކުން އެހީއަށް ބޭނުން ނުންކަމަށް ފާހަގަކޮށްފައިވާއިރު، އިތުރު 18 ގެއެއްގެ އެސެސްމެންޓު މާދަމާ ހެދުމަށް ހަމަޖެހިފައިވާކަމަށް ވެސް ހިއްސާކޮށްފައިވެއެވެ.

ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން ރާއްޖޭގެ 4 ރަށެއް ފެންބޮޑުވިކަމަށް މީގެ ކުރިން އެންޑީއެމްއޭއިން ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ މާލޭގެ ގެތަކަށްކަމަށްވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: