ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާލުމާއި، މަކަރުވެރިކަމަށް ދެން ބަސް އިއްވާނީ މަޖިލިސް އިންތިހާބުން: ރައީސް ސޯލިހު

އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދަައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލުމާއި، މަކަރުވެރިކަމާއި އެކު ވެރިކަމަށް އައުމުން ދެން ރައްޔިތުން ދެވަނަ ފަހަރަށް ބަސް އިއްވާނީ މަޖިލިސް އިންތިހާބުންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް މާލޭގެ މޭޔަރުކަމުގެ އިންތިހާބު، ހަތް ހާސް ވޯޓުން ކާމިޔާބު ކުރެއްވި އާޒިމަށް މަރުހަބާ ކިިއުމުގެ ގޮތުން އެމްޑީޕީގެ އިސް ލީޑާޝިޕް ހިމެނޭހެން އާންމުންނާއި އެކު ވަނީ ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ. ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒު ކުރި މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބަށް ފަހު އަނެއްކާވެސް އަލުން މަސައްކަތް ފަށައި، އެމްޑީޕީން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މޭޔަރަކަށް ހުންނަވާ ބޭފުޅަކަށް ގިނަ ޒިންމާތަކެއް މަތިކުރާއިރު، އެ ހުރިހާކަމެއް އެމްޑީޕީން ފުރިހަމަކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މޭޔަރަކަށް އިންތިހާބުވި އާޒިމް ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށް ނުލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާޒިމާއި އެމްޑީޕީ ވެސް ރައްޔިތުން މާޔޫސްވުމަށް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުންގެ އިތުބާރުކަމަށާއި، އެ ދަމަހައްޓާނެކަމަށް ވިދާޅުވި އެވެ. މާލޭގެ މޭޔަރަކަށް އާޒިމް ވަޑައިގަތީ ރައީސް ވިދާޅުވި ގޮތުގައި ރަނގަޅު ޕްލޭނަކާއި ތަސައްވުރެއް ވެސް އޮވެގެންނެވެ. އަދި އާޒިމަކީ މާލޭގެ ރައްޔިތުން ބޭނުންވާ ހިތްފަސޭހަކަން ގެނެސް ދީ، ހައްލެއް ހޯދައްވާނެ ބޭފުޅެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާޒިމަށް ތައުރީފު ކުރައްވައި، ރައީސް ވިދާޅުވީ ތޮއްޖެހިފައިވާ މާލެއަށް ގިނަ ހައްލުތަކެއް ބޭނުންވާ ކަމަށެވެ. އަދި މާލެއަކީ ކުނިވެފައިވާ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ސާފު ކުރަންޖެހޭކަމަށް ވިދާޅުވި އެވެ. އެކަމުގައި އެމްޑީޕީ އާޒިމާއި އެކު މަސައްކަތުގައި ދެމި އޮންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރު އިންތިހާބުވިތާ، ގިނަ ދުވަހެއް ނުވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށާއި، އޭގެ ސަބަބަކީ އޮޅުވާލުމާއި މަކަރުތަކުގެ ތެރެއިން ވެރިކަމަށް އައުންކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުން ބޯހިޔާވަހިިކަމުގެ މައްސަލަތައް ހައްލުވާން ބޭނުންވާކަމަށާއި، ވޯޓުން ރައްޔިތުން ދިނީ ވަރަށް ބޮޑު މެސެޖެއް ކަމަށެވެ. ނަފްރަތާއި، ރުޅިވެރިކަން ފަތުރައި ހެދި ދޮގުތައް ހާމަވަމުންދާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހަތްދިހައަށް ވުރެ ބޮޑު އިންސައްތައެއް ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުން ބަސް އިއްވީ، ދޮޅު މަސް ވެސް ނުވާ ސަރުކާރެއްގެ މައްޗަށްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ތަކުރާރުކޮށް ރައީސް ސޯލިހު ވިދާޅުވީ އެއީ އޮޅުވާލުމާއި ދޮގު ހެދުމުގެ ނަތީޖާ ކަމަށެވެ.

ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް، ރައްޔިތުން ނިކުމެ ނޫނެކޭ އެބުނީ، ސިޔާސަތުތަކަށް ނޫނެކޭ ބުނެފި، އެއީ ސަބަބެއް ނެތިއެއް ނޫން.. މި ސަރުކާރުން ވެރިކަމަށް އައި ގޮތަށް ދެއްކި ދޮގުތަކާއި އޮޅުވާލުން އަދި ނަފްރަތަށް ހެދި ދޮގު މިއަދު ހާމަވެ އަސްލު ސިފަ ފެންނަން ފަށައިފި

ކުރިޔަށް އޮތީ މުޅި ރާއްޖެ އެއްކޮށް ސަރުކާރަށް ނޫނެކޭ ބުނާ ދުވަސްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެއަށްފަހު އެމަނިކުފާނު ގޮވާލެއްވީ، ވެރިކަން ނިމުމުގެ ކުރިން ދޫކުރި ގޯއްޗާއި ފްލެޓުތައް އެއާއި އެއްގޮތަށް ދިނުމަށެވެ. އަދި ފުށިދިއްގަރު ފަޅަށް މާލޭގެ ރައްޔިތުން ގެންދިއުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ގޮވާލެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވެސް ގޯތި ލިބޭނީ، އެގޮތަށް އަމަލުކޮށްގެން ކަމާށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުން އެހެން ނޫނީ ނިކުންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު، ރައީސް ސޯލިހު ޕޯޑިއަމެއްގައި ސިޔާސީ ވާހަކަތައް ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. މިރޭގެ ޖަލްސާގައި ރައީސް ސޯލިހު، ސަރުކާރަށް ފާޑުވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު ބަލިކޮށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކާއި އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: