ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ހޮންކޮންގ އެއާލައިންސް ސީދާ ދަތުރުތައް ރާއްޖެއަށް!

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ހޮންކޮންގެ ސީދާ ދަތުރުތައް ރާއްޖެއަށް؛ އެމްއެމްޕީއާރުސީގެ ހޫނު މަރުހަބާއެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ހޮންކޮންގ އެއާލައިންސް އިން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުކޮށްފި އެވެ.

ހޮންކޮންގ އެއާލައިން ރާއްޖެއަށް ކުރާ ދަތުރު ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބޮޑު ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔަ އެވެ.

މި ފްލައިޓުން ރާއްޖެއަށް ދަތުރު ކުރި ފަތުރުވެރިންނަށް ވަނީ ސަގާފީ ބޮޑުބެރާއި އެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވާންގ ލީޝިން އަދި ސަރުކާރުގެ އިސް ވުޒާރާތަކުގެ އިސްވެރިން ބައިވެރިވި އެވެ.

މީގެތެރޭގައި މިނިސްޓްރީ އޮފް ޓުއަރިޒަމް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް ސާވިސްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެސޯސިއޭޝަންތަކާއި ސަރުކާރުގެ އެހެން ވުޒާރާތައް ވަނީ ބައިވެރިވެފަ އެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް މާކެޓެވެ. އެގޮތުން ކޮވިޑު-19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުކަން ފާހަގަކުރެވެ އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ޗައިނާގެ އެޑިމިސްޓްރޭޓިވް ރީޖަންއެއްކަމަށް ވާ ހޮންކޮންގ އަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ.

ހޮންކޮންގ އެއާލައިނުން ރާއްޖެއާއި ދެމެދު ފެށި ސީދާ ދަތުރުތަކުގެ ސަބަބުން ޗައިނާ ރީޖަންއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެން ދާނެ އެވެ.

މިދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު އެ ގައުމު ހިމެނިފައި ވަނީ ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމުގެ ގޮތުގަ އެވެ.

ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ ހަރަކާތްތަކެއް ވެސް ގިންގަމުންނެވެ. އެގޮތުން ޖޮއިންޓް އޮންލައިން ޕްރޮމޯޝަންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތައް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

އެމްއެމްޕީއާރުސީން މި އަހަރު ވެސް މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. އޭގެ ތެރޭގައި އީލާނިން ކެމްޕޭނާއި، ޗައިނާގެ ޓޮފް އެޕްތަކާއި އެކު ޑިޖިޓަލް ކެމްޕެއިންތަކާއި އަދި އައުޓް ޑޯ މާކެޓިން ކެމްޕޭނިތައް އަދި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭންތައް މީގެ ތެރޭގައި ފާހަގަކުރެވެ އެވެ.

މީގެއިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ސޯޝަލް މީޑިއާ ކެމްޕެއިނތައް އަދި މި މާކެޓުގައި ބާއްވާ ފެއާތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑެއް ހާސިލު ކުރިއިރު މި އަދަދަށް ވާސިލުވާން ޗައިނާ މާކެޓު މުހިންމު ރޯލެއް ވަނީ އަދާކޮށްފަ އެވެ.

ރާއްޖެއިން ޖެހިޖެހިގެން ހަތަރު ފަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން މަގާމު ހާސިލުކުރިއިރު އެމްއެމްޕީއާރުސީން ވަނީ ޖެހިޖެހިގެން ދެ ފަހަރަށް ވޯލްޑްސް ލީޑިން ޓޫރިޒަމްގެ ޝަރަފު ކާމިޔާބުކޮށްފަ އެވެ. އަދި 2023 ގައި ޑަބްލިއުޓީއޭގެ އެވޯޑަށް އަލަށް ތައާރަފު ކުރި ގްލޯބަލް ޓޫރިޒަމް ރެސިލިއެންސް އެވޯޑުވެސް ކާމިޔާބު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: