ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އިލެކްޝަން ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

4 މާރިޗު 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު އިލެކްޝަން ކޮމިޝަނުން އެފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަނުން އެ ފުރުސަތު ހުޅުވާލައިފައިވަނީ ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 12:00 ން ފެށިގެން، 2024 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމަޔަށެވެ.

އިންތިޚާބު އޮބްޒާވްކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައިނުވުން.
  4. އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައިނުވުން.
  5. އިންތިޚާބުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.
  6. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމާއި، އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ އޮބްޒާވަރުންގެ އިޤުރާރުގެ އިތުރުން ފޮޓޯ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އައި.ޑީ ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުންވާ ނަމަ، އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ ފޮޓޯ އެއް ހުށަހެޅުމަށް ވަނީ ބުނެފައެވެ. ފޮޓޯ ސޭވްކޮށްފައި ހުންނަން ވާނީ އެ ފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުން ކަމަށާއި އޮބްޒާވަރުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި) ހުށައެޅުމަށް ވަނީ ބުނެފައެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި

  • އޮބްޒާވަރުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަންވާނެއެވެ.
  • ފޯމާ އެކު ހުށަހަޅާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ފޯމުގައި ހުރި ނަންތަކުގެ ތަރުތީބުންނެވެ.
  • އެކަކު، އެއް އެޕްލިކޭޝަނަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެ ފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ، އެހެން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަން ޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާ ނަމަ، ނުވަތަ އެ ފޯމާ އެކު ހުށަހަޅަންޖެހޭ އެއްވެސް ލދިޔެކިޔުމެއް މަދު ނަމަ، އެ ފޯމެއް ބާޠިލު ކުރެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައިވާ ސޮއި އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި ކޮމިޝަނުން ދޫކުރާނީ ޑިޖިޓަލް ފާހެކެވެ. ކޮމިޝަނުން އަންގާ މިންގަނޑާ އެއްގޮތަށް ފާސް ލިބޭ ފަރާތުން އެ ކާޑު ޕްރިންޓްކުރަން ވާނެއެވެ. އަދި ފާހުގައިވާ ކިއު.އާރު ކޯޑު ސްކޭންކުރެވޭ ގޮތަށް، ސާފުކޮށް ކާޑު ޕްރިންޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
  • ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސް ދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ވުރެ 10% (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
  • އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބެއްގެ ޙައިޘިއްޔަތުން ޙަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއް ނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއް ނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
  • ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ އީ-މެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10MB އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީ-މެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށެވެ. އަދި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް 2024 ޖަނަވަރީ 31 އިން 2024 ފެބުރުވަރީ 19 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: