ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕްއަށް ނިސްބަތްވާ ބޯޑިންގ ޓީމަކުން: އެމްއެންޑީއެފް

ބޯޓުގައި ތިބިކަމަށް ބުނާ ސިފައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އަރައި ސުވާލު ކުރީ އިންޑިއާގެ ކޯސްޓްގާޑް ޝިފަކަށް ނިސްބަތްވާ ދެ ބޯޑިންގ ޓީމަކުންކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގެ މަސްދޯންޏަކަށް އަރާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އަދި އެ ހަބަރުތަކާއި އެކު އެމްއެންޑީއެފް ވެސް ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް، ބޭރުގެ އަސްކަރިއްޔާގެ ބޯޓެއް އެރިކަމުގެ މައުލޫމާތު ލިބި އެކަން ބަލަމުން ގެންދާކަމަށް ހާމަކޮށްފަ އެވެ.

ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ ސުވާލު ކުރީ އަސުރުމާ 3، އަދި މާހޯރަ 3 އަދި ނިރު 7 ނަމަކަށް ކިޔާ ދޯންޏަކާ އެވެ. އޭގެއިން ބައެއް ވީޑިއޯތައް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅޭ ތަފާތު އެކި ވާހަކަތައް ދެކެވެނިކޮށް އާންމު ކުރި ބަޔާނެއްގައި އެމްއެންޑީއެފުން ބުނީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކާ އަސްކަރިއްޔާގެ ބަޔަކު އަރައި ސުވާލު ކުރާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ވަގުތުން ދޯނީގެ ލޮކޭޝަން ކަށަވަރުކޯށް އެ ސަރަހައްދުގެ އެހެން އޮޕަރޭޝަނެއްގައި އޮތް ކޯސްޓުގާޑު ޝަހީދު އަލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދޯނީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަތުރު ފެށިކަމަށެވެ.

އެއާއި އެކު އެ ސަރަހައްދުގައި އޮތް އެހެން ދެ ދޯންޏަކަށް ވެސް އެ މީހުން އެރިކަމުގެ މައުލޫމާތު ލިބުނުކަމަށް ބަޔާނުގައި ވެއެވެ. އެމްއެންޑީއެފްއިން ބުނެފައި ވަނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑު ޝީޕް 246 އަދި އިންޑިއާގެ ކޯސްޓްގާޑު ޝިޕް 253 އަސް ނިސްބަތްވާ ބޯޑިންގ ޓީމަކުންކަން ކަށަވަރު ކުރެވޭ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނި ތަކަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް އިންޑިއާގެ އަސްކަރިއްޔާގެ ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާކަމަށެވެ.

ބަޔާން ނިންމާލަމުން އެމްއެންޑީއެފްއިން ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަދި ހާއްސަ އިގްތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުންގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންޑިއާ ކިތަމެ ބޮޑަސް ދިވެހިރާއްޖޭގެ އިގްތިސާދީ ސަތަހަދަށް ވަދެ ހިންގި އަމަލަކީ އަޅުގަޑު ދެކޭ ގޮތުގައި ޓެރެރިޒަމުގެ އަމަލެކެވެ. އަދި މީ އަހަރުމެންގެ މިއަދުގެ ސަރުކާރުން ގެންގުޅޭ ތާކުންތާކު ނުޖެހޭ ބޯދާސިޔަސަތުގެ ސަބަބު ހެދުނުގޯހުން ވެގެންއުޅޭ ކަމެކެވެ. އެކަށޭނެ އަވަސް ފިޔަވަޅެއް އަޅަން އދ ގެ ކަމާބެހޭ ޔުނިޓަށް މަސްލަ ވައްދާ ކަނޑު ފޭރޭ ބައެހެން ދިވެހި ރާއްޖޭގެ މަސްވެރިންނަ ބިރުދައްކާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވާތީ އެކަށީގެންވާ ފިޔަވަޅު އަޅާ ދިނުމަށް އދ އަށް މަސަލަ ޖައްސާ ބަދަލް ހޯދުމަވެސް ހުށައެޅުމަށް ހުށަ އަޅަމެވެ. އަދި މިކަމަ ހަރުދަނާ ފިޔަވަޅެއް ނޭޅިޖެނަމަ ކުރިއަށް އޮތްތާ މި އިނޑިޔާގެ ބަލާ ރާއްޖެއަށް ބޮޑުވެދާނެކަމަށް ފެނެއެވެ. އަދި މިފަދަ ކަންތަ އިނޑިޔާ ހިންގިއިރު އިނޑިއާ އެން ބެސެޑަރ ޑިފެންސަ ހާޒިރުކޮށް އޭނައަށް ސުވާލު ކޮށް އެއް އަމަލު ކުއްވެރިކުރަން ޖެހޭނެ އަދި މިކަން ތަކުރާރު ކޮއްފިނަމަ ޑިޕޮލޮމެޑިކް ގުޅުންކަޑާލަންވެސް ފެނެއެވެ އަދި ރާއްޖޭ ގައި މަސައްކަތްކުރާ ހުރިހާ އިންޑިއާ މީހުން ފޮނުވާލާ އެހެން ގޮތްތަށް ހޯދުމުގެ މަސައްކަތް ފަށަންޖެހޭނެ މިހިރީ ވަރަށް އަވަހަށް އަޅަންޖެހޭ ފިޔަވަޅުތަކެވެ އަދި އިންޑިއާ އެއީ ކޮންފަޅިއަކަށް ބުރަވެފައިވާ ބައެއްކަން ވަރަސާފުކޮށް އިގެނީ ފަލަސްތީނުގެ މައްސަލާގައި އިޒްރޭލަށް ތާއީދުކޮށް ފަަލަސްތީނަ ދޭގެލުމަށް ތާއީދުކުރާތީ އޭއީ މުސްލުމު ގައުމުތަކަށް އެމެރިކާ އާއި އިގިރޭސިވިލާތައި ކެނެޑާވެސް އަޑީގައި ތިބެގެން މުސްލިމުންނަ ގޯނާ ކުރުމައި އޭގެތެރެއިން އިންޑިއާ އަށް އެންމެއަވަހަށް ބިރުދެކޭނީ ދިވެހި ރާއްޖެއަށްކަމަށް ވެފައި މުސްލިމު ގައުމުތަކަށް ނޮހޮރުޕާން ކޮށް ޖެސުން ކުރުމުގެ ތެރޭން ފެށި ބޮޅެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: