ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރަށްވުރެ މި އަހަރު ޖެނުއަރީ މަހު މުސާރައިގެ ހޭދަ ބޮޑު: ފިނޭންސް

ފިނޭންސް މިނިސްޓަރު ޝަފީގް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރު ޖެނުއަރީ މަހުގެ 25ގެ ނިޔަލަށް މުސާރައިގެ ގޮތުގައި ދީފައިވާ އަދަދުތައް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސްއިން މިނިސްޓްރީއިންވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ބޭނުންތަކުގެ ތަފްސީލު އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ސެޓެޓިސްޓިކްސް ރިޕޯޓުގައި ޝާއިއުކޮށްފައެވެ. އެ މިނިސްޓްރީއިން ބުނެފައިވާގޮތުން އެ ދުވަހުގެ ނިޔަލަށް ބަޖެތުން ބޭނުންކޮށްފައިވަނީ 1.5 ބިލިއަނާއި ގާތްކުރާ އަދަދެކެވެ. އަދި މި އަދަދުން 1.14 ބިލިއަނަކީ ރިކަރެންޓު ހަރަދުތައް ކަމަށާއި ބާކީ 326.3 މިލިއަނަކީ ކެޕިޓަލް ހަރަދުތައްކަމަށް ހިއްސާކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިހާ ހިސާބަށް ކޮށްފައިވާ ހަރަދަށްވުރެ ކުޑަ އަދަދެއްކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޖެނުއަރީ 25 ގެ ނިޔަލަށް މުސާރައިގެ ގޮތުގައި ކޮށްފައިވާ ހޭދައަށްވުރެ މި އަހަރު އެ އަދަދުތައް ބޮޑެވެ. އެގޮތުން 2023 ވަނަ އަހަރުގައި 33.8 މިލިއަން ހަރަދުކުރިއިރު މި އަހަރުގެ ތެރޭގައި އެދުވަހުގެ ނިޔަލަށް މުސާރައިގެ ގޮތުގައި 145.2 މިލިއަން ހޭދަވެފައިވާކަން ހިއްސާކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ މި ހިސާބާއި އަޅާ ބަލާއިރު މި އަހަރުގެ ތެރޭގައި ޓެކްސް ފައިސާގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ އަދަދުތައްވެސް އިތުރެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 1.64 ބިލިއަން ލިބިފައިވާއިރު މި ދިޔަ އަހަރުގެ ތެރޭގައި ލިބިފައިވަނީ 1.28 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ ތެރޭގައި ދަތުރު ހަރަދުތައްވެސް ބޮޑުކަން ތަފާސް ހިސާބުތަކުން ދައްކައެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދަތުރުފަތުރުކުރުމުގެ ގޮތުން ހަރަދުކުރީ 8.3 މިލިއަން ކަމަށްވާއިރު، މިއަހަރުގެ ތެރޭގައި 18.6 މިލިއަން ހަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކޮށްފައިވާ ހަރަދުވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު ކުޑަކަން ފާހަގަކުރެވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ ގޮތަކަށް ޖެނުއަރީ 25 ގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 492.4 މިލިއަންކަމަށްވާއިރު މި އަހަރު ހަރަދުކޮށްފައިވަނީ 223 މިލިއަންއެވެ. މި އަހަރުގެ ޖެނުއަރީ 25ގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަަކަށެވެ. އެ މަސައްކަތްތަކަށް ސަރުކާރުން ވަނީ މި އަހަރުގެ ޖެނުއަރީ 25ގެ ނިޔަލަށް 118.9 މިލިއަންގެ ހަރަދެއްކޮށްފައިކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: