ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން ސޮއިކޮށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ދޮޅު މަސް ވެގެން ދިޔައިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތުމަށް ފަހު ނިމިދިޔަ ހަފްތާގައި ނިމިގެން ދިޔައީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެބޭފުޅުން ރައީސް މުއިއްޒު ވަނީ އަލުން މަގާމުތަކަށް އައްޔަނު ކުރައްވާފަ އެވެ.

މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރަމުން ދަނީ ގަވައިދާ ހިލާފަށްކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތު ކުރެ އެވެ. އަދި މިދިޔަ އާދީއްތަ ދުވަހު މަޖިލިސް ތަޅުމުގައި ހަމަނުޖެހުންތަކެއް ހިނގައި، މެމްބަރުންނަށް އަނިޔާވުމުގައި އެކަމުގެ ޒިންމާ އަސްލަމް ނަންގަވަން ޖެހޭނެކަމަށް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފަ އެވެ. އެހެންވެ އެ ސަބަބުތަކަށް ރިއާޔަތްކޮށް އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، އެ ދެބޭފުޅުންނަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕިއެމް/ޕީއެންސީ މެމްބަރުންގެ އިތުރަށް ދެން ސޮއި ކުރައްވާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މައްސަލައިގެ ގަރާރުގައި ބުނެފައިވާ ގޮތުން އަސްލަމް ވަނީ ވަޒީރުންނަށް ރުހުން ދިނުމާއި މެދު ވޯޓަށް އެހުން އޮތް ދުވަހު މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ބ)، (ޅ)، އަދި (އ)، އާ ހިލާފަށް އަމަލު ކުރައްވާފަ އެވެ. އަދި  އަދި ގާނޫނު އަސާސީގައި 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ވެސް ހިލާފު ވެފައިވާކަމަށް ވެސް ވެއެވެ.

މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޑިސެމްބަރު 10، 2023 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް އެ މައްސަލަ ތާވަލުކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ވީ ނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ރިޕޯޓު ތަޅުމަށް ލިބުންތާ އަށް ދުވަސް ފަހުން ކަމަށްވުމާއި އެކު އެކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް ނައިބު ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެއެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: