ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނެތް ވަޒީރުން ހާޒިރުވާކަމަށް ބުނެ ޑިމޮކްރެޓްސް ވެސް ޖަލްސާ ބޮއިކޮޓްކޮށްފި

ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުން މާދަމާގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުވާކަމަށް ބުނެ ދަ ޑިމޮކްރެޓްސް ޕާޓީން ޖަލްސާގައި ބައިވެރި ނުވާން ނިންމައިފި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕު ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ދީފައި ނުވެ އެވެ. އެއީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރު އައި، އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ބަންޑާރަ ނައުބުކަމަށް އަހުމަދު އުޝާމެވެ. އެކަމަކު ހަމަ އެ ދުވަހުގެ ހަވީރު ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވާފަ އެވެ.

މިއީ ގާނޫނީ ގޮތުން ކުރެވިދާނެކަމެއްކަމާއި، މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި މައްސަލައިގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ވަނީ މާދަމާގެ ޖަލްސާގައި ބައިވެރިނުވާން ނިންމާފަ އެވެ.

މިކަން ހާމަކޮށް މިރޭ ޑިމޮކްރެޓްސްއިން ޕާޓީގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން މި ޕާޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނެތް އެ ތިން ވަޒީރުންނަށް، ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ބުނެފައި ވަނީ ސަރުކާރުގެ ޣައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރު ލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށެވެ.

އެހެންކަމުން އެ ސަބަބުތަކަށްޓަކައި މާދާމާ، ރައީސް މުއިއްޒު މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވާ ރިޔާސީ ބަޔާން ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެކަމަށް އެ ޕާޓީން ބުންޏެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: