ރަމަޟާން މަހަށް ހާއްސަކޮށްގެން ”ކްލިކް ކޮމްޕިއުޓާސް“ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ވެސް ކްލިކްގެ ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިޔަށް ގެންދާއިރު މި އަހަރަށް ވެސް ތަފާތު ކަންތަކެއް ރޭވިފައިވާކަމަށް އެ ފިހާރައިން މައުލޫމާތު ދެ އެވެ.
އެގޮތުން ރޯދައަށް ތައްޔާރުގެ ނަމުގައި މި އަހަރު ކްލިކްގެ ފަރާތުން ތިމް ޕްރޮމޯޝަނެއް ކުރިޔަށް ގެންދާއިރު އެއީ ރޯދަ ޕްރޮމޯއާއި، ކްލިކްގެ ސުވާލު، އަދި ކްލިކް ގިވްއަވޭ އެވެ.
މީގެއިތުރުން ކްލިކްއިން ބުނެފައި ވަނީ ރޯދަ ޕްރޮމޯޝަނަށް ހާއްސަކޮށް ގެން 01 މާޗް އިން، އޭޕްރިލް 10 ގެ ނިޔަލަށް 100 ޕްރޮޑަކްޓެއްގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.
އެގޮތުން ޕްރޮމޯޝަންގެ ދަށުން ކްލިކް ކޮމްޕިއުޓާސްގެ ލެޕްޓޮޕްގެ އަގުތައް ވެސް ވަނީ ދަށްކޮށްފަ އެވެ.

