ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ އެމްބިއުލާންސަށް ބަދަލު ކުރި ބޯޓުގައި މައްސަލައެއް ނެތް، ރައްކާތެރި ވާނެ: މޯލްޑިވިއަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އެއާ އެމްބިއުލާންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުން ކުރަން ފެށި އެއާ އެމްބިއުލާންސް ސަލާމަތީ ގޮތުން ރައްކާތެރިވާނެކަމަށް މޯލްޑިވިއަންއިން ބުނެފި އެވެ.

އިމަޖެންސީ ކޭސްތަކުގައި، ހާލު ގޯސްވާ މީހާ އުފުލުމަށް ބޭނުން ކުރަން ފަށާފައި ވަނީ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާނީ އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓަކާއި ސީޕްލޭންއެކެވެ.

އިމަޖެންސީ ހާލަތްތަކުގައި ބޭނުން ވާ ހުރިހާ ސާމާނަކާއި އެކު، ބަދަލު ގެނައި މި ބޯޓަކީ ދުވަސްވެ ބޭނުން ނުކުރެވޭ ހާލަތުގައި އޮތް އަދި ގެއްލުންތަކެއް ވެސް ލިބިފައިވާ ބޯޓެއްކަމަށް ބުނެ އަމާޒުވާ ތުހުމަތުތަކަށް މޯލޑިވިއަން ބުނީ ބޯޓު އައީ އެއާ އެމްބިއުލާންސަށް ބަދަލު ގެނައުމުގެ ކުރިޔަށް ވެސް ޝެޑިއުލް ދަތުރުތައް ކުރަމުން ކަމަށެވެ.

މޯލްޑިވިއަންއިން ބުނެފައި ވަނީ ބޯޓު ތައްޔާރުކޮށްފައި ވަނީ އިމަޖެންސީގައި ފަރުވާ ދެވޭ ގޮތަށް މެޑިކަލް އިކުއިޕްމެންޓު ހަރުކޮށްގެން ކަމަށެވެ. އަދި ކުންފުނިން މަތިންދާބޯޓު ދުއްވުމުގައި އަބަދުވެސް އިސްކަން ދޭނީ ކުރޫއިންނާއި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދީގެންކަމަށް ބުންޏެވެ.

ހިދުމަތާ ގުޅޭގޮތުން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީގެ ޓާޝަރީ ހޮސްޕިޓަލްތަކަށް ބަލި މީހުން އުފުލާނެ ކަމަށެވެ. އަދި ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް، ވަސީލަތްތަކާއި އެކު ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެއީ ފަސް ޑޮކްޓަރަކާއި، ފަސް ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝިއަނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: