ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މިނިވަންކަން ދަމަހައްޓާނީ ދިވެހިން، އެ މަސައްކަތާއި މެދު ބަޔަކު ކަންބޮޑުވާކަށް ނުޖެހޭ: ރައީސް

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް، އަމިއްލަވަންތަކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުން އެކަމާ ބަޔަކު ކަންބޮޑުވަން ނުޖެހޭކަމަށާއި ހައިރާންވާންވީ އެފަދަ ވިސްނުން ގެންގުޅޭ ބަޔަކާއި މެދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި އަސްކަރިއްޔާގެ ޓްރެއިންވެފައިވާ އޮފިސަރުނާއި އެކު ފެށިއިރު މިއީ ދިވެހިރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބެކެވެ. ޑްރޯން ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޒަމާނުއްސުރެ ފެށިގެން ދިވެހިން އަމިއްލައިން ގަބޫލު ކުރަމުން އައީ ދިވެހިރާއްޖެއަކީ ވަރަށް ކުޑަ ގައުމެއްގެ ގޮތުގައި ކަމަށެވެ.

އެއީ ރަނގަޅު ވިސްނުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއަކީ ނުވަ ލައްކައަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ކަނޑުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް އޮތް ގައުމެއްކަމަށެވެ. އަދި އެ ސަރަހައްދު އަމިއްލަ ބާރުވެރިކަމެއް ނެތި ނުބެލެހެއްޓި އޮތުމާއި މެދު މިއަދު ކަންބޮޑުވާން ނުޖެހޭކަމަށާއި، ދިވެހި ސަރުކާރުން ކުރި ބުރަ މަސައްކަތުން މި ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއްކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ މި ސަރަހައްދަށް އަމިއްލަ ސިޔާދަތީ ބާރު ހިންގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ދިވެހިން އަމިއްލައިން މި ސަރަހައްދު ބެލެހެއްޓުން އެއީ އެހެން ބަޔަކު އެކަމާ މާ ބޮޑަށް ކަންބޮޑުވަން ޖެހޭވަރުގެކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކަންބޮޑުވާންވީ، އެކަމާ ސުވާލު އުފައްދައި ދިވެހިން އަމިއްލަ ސަރަހައްދު ބަލަހައްޓަން ފެށުމުން އެކަމާ އެހެން ބަޔަކު މާބޮޑަށް ކަންބޮޑުވާތީ ކަމަށެވެ.

އެހެންވީމަ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ.. މި ސަރަހައްދު ބެލެހެއްޓުމަކީ އެއީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން… ކަންބޮޑުވާނަމަ އެއީ އަދި އަޅުގަނޑުމެން މާ ކަންބޮޑުވާން ޖެހޭ ކަމެއް.

ގައުމުގެ މުސްތަގުބަލަށްޓަކައި، އަދި ދަރީންނާއި ދަރީންގެ ފާގަތި ދުވަސްތަކަށްޓަކައި ލިބިފައިވާ ބޮޑު ނިއުމަތް ރަނގަޅު ގޮތުގައި ބަލަހައްޓަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ދިވެހިން އަމިއްލަ ބާރުވެރިކަން ގާއުމު ކުރުމަކީ، ދިވެހިންގެ ޒިންމާއެއްކަމަށާއި އެ މަސައްކަތް ކުރަން ޖެހޭނީ އަމިއްލައިން ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ، ދިވެހިންގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް އަސްކަރިއްޔާ ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަމިއްލަ ގައުމުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެކަމަށް ގަދައަޅައި ކުރާ މަސަައްކަތްތަކަށް ދޭ ހިތްވަރާއި އަދި ގައުމުގެ އަމިއްލަވަންތަކަން ހިމާޔަތް ކުރުމަކީ ތިމާއަށް ލިބިގެންވާ ހައްގެއްކަން ދެކި ދިވެހި ރައްޔިތުން ކުރާ މަސައްކަތަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ރައީސް ވިދާޅުވި އެވެ. ޢަދި އެމަނިކުފާނު ވަނީ ކޮންމެ ދިވެއްސަކު ވެސް އެ ވިސްނުން އިސްކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: