ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރިންގެ ބައިވެރިވުން މުހިންމު: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމެއް ދެމިއޮތުމާއި ކުރިއެރުމަށް ނޫސްވެރިންގެ ބައިވެރިވުމާއި ޙިދުމަތް މުހިންމު ކަމަށް ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ދުވަހު ރައީސްގެ ޙިތާބުގައި ވިދާޅުވީ، ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމަށެވެ. އަދި ނޫސްވެރިން ކުރާ ބުރަ މަސައްކަތަށް ޝުކުރާއި ތާރީފު ހައްޤުކަމަށާއި ޤައުމެއް ކުރިއެރުމުގައި ނޫސްވެރިންގެ ބައިވެރިވުން މުހިންމު ކަމަށެވެ.

މީގެ އިތުރުން އެންމެ އިސްކަމެއް ދިން އެއްކަމަކީ ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެހުން ކަމަށްވަނީ ފާހަގަކޮށްފައެވެ. އަދި ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން ތަކުގައި ނޫސްވެރިންގެ ޙިޔާލުތަށް ނޯޓުކުރެވި، ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވާކަން ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއް ނޫސްވެރިކަމަށް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށް ޙިތާބުގައި ވެއެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އާމްދަނީއެއް ނުލިބުން ކަމަށާއި އަދި އެކަމަށް ސަރުކާރުން ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ވަކި ޢިނާޔަތެއް ދިނުމަށް ކަނޑައަޅާފައި ވާކަން ރައީސްގެ ޙިތާބުގައި ވަނީ ފާހަގަކޮށްފައެވެ. ލިބިފައިވާ އަޤުލަބިއްޔަތާއި އެކު މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖައްސާނެ ކަމަށް ވަނީ ވިދާޅުވެއެވެ.

ނޫސްވެރިންކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވަނީ ވިދާޅުވެފައެވެ. ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ސަބަބަކީ ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން  އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓައި ކަން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: