ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެމްބަރުންނަށް އިނާޔަތްތަކާއި އެކު ރިޓަޔަރ ކުރެވޭ ކޮމިޝަންގެ ގަވައިދު ބާތިލު!

އިލެކްޝަންސް ކޮމިޝަނުން ބޭއްވި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާނަމަ އިނާޔަތްތަކާއި އެކު ރިޓަޔަރ ކުރެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު އުވާލައިފި އެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުވައްޒަފުންނާއި، ކޮމިޝަނުގެ މެމްބަރުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަނުގެ ގަވައިދަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގެނެސްފައިވާ ބަދަލު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނީ އެ އުސޫލު ބާތިލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ އެންގުމަށް ކަމަށެވެ. އީސީގެ މެމްބަރުންގެ މުސާރައާއި އިނާޔަތް ކަނޑައަޅަނީ މަޖިލީހުންކަމަށްވުމާއި އެކު، އެ ބަދަލު ކޮމިޝަނަށް އަމިއްލައިން ނުގެނެވޭނެކަމަށް ފިނޭންސްގެ އެންގުމުގައިވާކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއީ ފެބްރުއަރީ މަހުގެ ތެރޭގައި ގެނައި ބަދަލެއް ނަމަވެސް، އީސީން އެ ގަވައިދަށް މިހާތަނަށް އަމަލު ކުރަން ފަށާފައި ނުވެ އެވެ.

ކޮމިޝަނުން އެކުލަވާލި އުސޫލުގައި ވަނީ، ރިޓަޔަރ ކުރުމުގެ ދަރަޖައާއި އެކު ވަޒީފާއިން ވަކި ކުރެވޭނީ އުމުރުން 55 އަހަރު ފުރި އީސީއަށް މަދުވެގެން 15 އަހަރު ހިދުމަތްކޮށްފައިވާނަމަ ކަމަށެވެ. އަދި ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އީސީގެ ކޮމިޝަނަރަކަށް އައްޔަނުކޮށްފި ނަމަ ރިޓަޔަރ ކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ހިމަނައިގެންކަމަށް ވެއެވެ.

ގަވައިދުގައި ބުނެފައި ވަނީ އުމުރުން 55 އަހަރު ނުވި ނަމަވެސް، އެ ކޮމިޝަނަށް 10 އަހަރު ހިދުމަތްކޮށްފައިވާނަމަ މުޅި އުމުރަށް ލިބޭ އިނާޔަތްތަކާއި އެކު ރިޓަޔަރ ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ވަޒީފާއިން ރިޓަޔަރ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އިނާޔަތުގެ ގޮތުގައި ދެނީ، އެ މީހަކު އެންމެ ފަހުން ހުރި ރޭންކަކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 އިންސައްތަ އެވެ. އަދި ހިދުމަތް ކުރާތާ 30 އަހަރުވެފައިވާ ނަމަ އެ އިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭން ޖެހޭނެކަމަށް އުވާލި ގަވައިދުގައި ވެއެވެ.

އުމުރު ހަމަނުވީ ނަމަވެސް އީސީގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާ ކުރަމުން ގެންދާ މުވައްޒަފަކު ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކޮށްފި ނަމަ އެ މެމްބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތް ކުރި ނަމަ ރިޓަޔާމަންޓް އިނާޔަތް ލިބޭނެކަމަށް ވަނީ ބުނެފަ އެވެ.

އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، އެންމެ ފަހުން ނައިބު ރައީސަކަށް އައްޔަނު ކުރި އަލީ ނަޝާތުގެ އިތުރުން މުހައްމަދު އާސިފާއި ހަސަން ޒަކަރިއްޔާ އެވެ.

ކޮމިޝަނުގެ މެމްބަރުކަން 10 އަހަރު ކުރެއްވުމަށް ފަހު، މަޖިލިސް އިންތިހާބުގެ ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް ވަނީ ރިޓަޔަރ ކުރައްވަފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: