ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު ދަށްވީ ފައިސާ ޗާޕު ކުރުން ހުއްޓާލައި ރައީސް ގެންގުޅުއްވި މާލީ ސިޔާސަތުން: ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕާއި ސިޔާސަތުތަކުގެ ދަށުން ޑޮލަރުގެ ރޭޓު ދަށްވެ އާންމު ހާލަތަށް އެޅެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ގޮންޖެހުންތަކެއް ދިމާވެ، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ރައީސް ގެންދަވަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ.

ޑޮލަރުގެ އަގު އުފުލި މިފަހުން އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައި ވެއެވެ. އެގޮތުން ޑޮލަރުގެ ތާށިކަމާއި ހުރެ، ލިމިޓޭޝަނެއް ގެންނަން އުޅޭކަމަށް އަޑުފެތުރި ސަރުކާރުން އެކަން ދޮގުކޮށްފައި ވެސް ވެއެވެ.

ޑޮލަރުގު ދަށްވަމުން އަންނަކަމުގެ މީޑިއާ ރިޕޯޓުތަކާއި އެކު ސައީދު ވިދާޅުވީ މިއީ މާލީ ކަންކަމަށް ރަނގަޅަށް ވިސްނައި ފިޔަވަޅު އެޅުމުގެ ނަތީޖާ ކަމަށެވެ. އިގްތިސާދީ ގޮތުން ދިމާވި ގޮންޖެހުންތަކާއި އެކު ވެސް ރައީސް މުއިއްޒުގެ ލީޑާޝިޕާއި ސިޔާސަތުތަކުގެ ދަށުން ނިންމެވި އެންމެ ރަނގަޅު ނިންމެވުމަކީ ސައީދު ވިދާޅުވި ގޮތުގައި ފައިސާ ޗާޕު ކުރުމުގެ ސަގާފަތަށް ހުއްޓުމެއް ގެނައުމެވެ.

އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ބުރަ މަސައްކަތުން އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅެމުން ދާކަމަށެވެ.

މީގެ ކުރިން މި މައުޟޫއުގައި ސައީދު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު އޮތީ އުނދަގޫ ހާލަތެއްގައި ނަމަވެސް އޭގެއިން އަރައިގަނެވިފައިވާކަމަށެވެ. އަދި ވިދާޅުވީ ޑޮލަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްގައި ވެސް އަގުތައް ދަށްވަމުން ދާކަމަށެވެ.

ސައީދު ވިދާޅުވީ އިމްޕޯޓު މުދަލާއި، އަދި އުމްރާގެ އަޅުކަމަށް ޑޮލަރު ބޭނުންވާ މިންވަރު އިތުރު ދުވަސްވަރަކާއި ދިމާވި ނަމަވެސް ޑޮލަރުގެ އަގު މިހާރު ހުރީ ދަށްކޮށް ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް އަގު ރަނގަޅު ވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޑޮލަރުގެ ތާށިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ  ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދިނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: