ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ދެ ކުދިންގެ އޮޕަރޭޝަން ކާމިޔާބު: ޚަލީލް

ބޯންމެރޯ އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ދެ ޕޭޝެންޓް ނިންމައިފި: ޙަލީލު ފޮޓޯ : ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހިލޭ އެހީގައި ރާއްޖެއިން ބޭރަށް ބޯންމެރޯ ހެދުމަށް ފޮނުވި ޕޭޝަންޓްސްގެ ތެރެއިން ދެ ޕޭޝެންޓް ބޯންމެރޯ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ނިމިފައިވާ ކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ޙަލީލި ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ، ބޯންމެރޯ އޮޕަރޭޝަންއަށް ފަސް ކުދިން ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު އޭގެތެރެއިން ދެ ޕޭޝަންޓްގެ އޮޕަރޭޝަން ކާމިޔާބުކަމާއި އެކު ނިމިފައިވާ ކަމަށާއި، އަދި އެމީހުންގެ ޙާލު ރަނގަޅު ކަމަށެވެ. އަދި މިވަގުތު އިތުރަށް ކުރަންޖެހޭ އޮބްޒަވޭޝަންތަށް ކުރިއަށް ދާކަމަށާއި ބާކީތިބި ޕޭޝަންޓްސްގެ އޮޕަރޭޝަންގެ ކަންތައްތައް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވާޒީރުވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ސަރުކާރުގެ ފަރާތުން ހެދުމަށް ނިންމާވާފައިވާ ކަމަށާއި އަދި އެގޮތުން އަހަރުގެ މެދު ތެރޭގައި 5 ކުދިންގެ ބޯންމެރޯ ހެއްދުމަށް ނިންމާފައިވާއިރު، އަހަރުގެ ފަހު ކޮޅުގައިވެސް 5 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ. އަދި ޚަލީލްގެ ވާހަކައިގައި ތެލްސީމިއާ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ރައީސްގެ ލަފާއާއި އިރުޝާދު ލިބެމުންދާތީ އެކަމަށް ވަނީ ޝުކުރުވެރިވެފައެވެ.

 ބޯންމެރޯ ޓެސްޓް ހެދުމަށްޓަކައި 5 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާނެ.. އޭގެ ތެރެއިން 2 މީހުންގެ ބޯންމެރޯ އޮޕަރޭޝަންތައް ނިމި ސިއްހަތު ރަނގަޅު…. މިހާރު އޮބަޒވޭޝަންގައި ތިބީ… އަނެއް 3 ކުދިންގެ އޮޕަރޭޝަން ކުރުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ..

މީގެ ކުރީ އަހަރު ތަކަށް ބަލާއިރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ހަދަނީ ވަރަށް ހާލުގައި ކަމަށް ފާހަގަކުރައްވައި އަދި މިހާރު ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖޭގައި ތިބިގެން ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތެލެސީމިއާ ފަރާތްތަކަށް ދޭންޖެހޭ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ބޯންމެރޯ ޓެސްޓް ހެދޭނެގޮތް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަހަރު 7 މާރޗްގައި ފުރަތަމަ ބުރު ވަނީ ނިންމާލެވިފައި ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި ދެވަނަ ބުރު މި މަސް ނުވަތަ މި އަންނަ މަސް ތެރޭގައި ނިންމާލެވޭނެކަމަށް ފާހަގަކުރެއްވިއެވެ. ފުރަތަމަ ބުރުގައި 13 ފަރާތެއްގެ ޓެސްޓްހަދައި ނިންމައިފައިވާނެ ކަމަށާއި އަދި ޓީޓޫ ސްޓަރ ޓެސްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ހޮސްޕިޓަލްގައި ނިންމާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ނިޒާމުގެ ތެރެއިން ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުން ޕްރޮގްރާމްތައް ހިންގުމާއި ސްކޫލް ކުދިން ގްރޭޑް 10 ނިންމުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: