ސަލްމާން މިސްކިތް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ، ސަލްމާން މިސްކިތް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށާއި އަދި މިސްކިތުގައި އެންމެ ބޮޑަށް މަރާމާތު ކުރުންޖެހިފައިވަނީ މިސްކިތުގެ އޭސީ ސިސްޓަމް ކަމަށެވެ. ވަޒީރު ވިދާޅުވީ މި މައްސަލަ ޖެހިފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި މި މައްސަލަ ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ އޭސީ ނިޒާމުގެ މެއިންޓެނެންސް މަސައްކަތް އެކަށީގެންވާ މިންވަރަށް ނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ.
މިސްކިތް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށާއި އަދި މިހާރު އެ ފައިސާ ލިބޭނެ އިންތިޒާމު ތަކެއްވަނީ ހަމަޖެހިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަންކަން ހަމަޖެހިއްޖެ ނަމަ ވަރަށް އަވަހަށް މައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށާއި އަދި އެ ސެންޓަރު ހުޅުވުމަށް ސައުދީ އަރަބިއާއިން އިސްލާމީ ޝަހުސިއްޔަތަކަށް ދައުވަތު ދީ އެ ސެންޓަރު ހުޅުވުމަށް މަސައްކަތް ކުރާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު 42 މަޝްރޫއެއް ކުރިއަށްދާކަމަށާއި އަދި މިސްކިތްތަކާ ބެހޭ މަޖިލީހެއް އުފެއްދުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ މަޝްރޫއުއެއްކަމަށް ވަނީ ވިދާޅުވެފައެވެ. ކުރީ ސަރުކާރުން މިސްކިތްތައް މަރާމާތު ކުރުމަށްފަހު ނުދައްކާ ހުރި ބިލްތަކަށް މި ސަރުކާރުން ފައިސާ ދައްކާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 27 މިލިއަން ރުފިޔާގެ ބިލްތައް ހުރި ނުދައްކާ… މިސްކިތް މަރާމާތުކުރުމަށްފަހު. މިސްކިތް ބިނާކުރި ކުންފުނިތަކަށް
މިސްކިތަކުގެ އާބާތުރަ ފިލުވުމުގެ ވާހަަކަތައް އިސްލާމިކް މިނިސްޓްރީ އިން ފާހަގަކޮށްފައިވާއިރު މިހާތަނަށް ޖުމްލަ 19 މިލިއަން ރުފިޔާވަނީ ހަރަދު ކުރެވިފައެވެ.

