ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން އިތުރުވިޔަސް މައި އިގްތިސާދީ ދާއިރާތައް އަންނަނީ މަޑުޖެހެމުން: ވޯލްޑް ބެންކް

ވޯލްޑް ބެންކް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާނަމަވެސް ފަތުރުވެރިކަން ހިމެނޭހެން މައި އިގްތިސާދީ ދާއިރާތައް މަޑުޖެހުމަކަށް އަންނަމުންދާކަމަށް ވޯލްޑް ބެންކްއިން ބުނެފިއެވެ.

ވޯލްޑް ބެންކްއިން ދިވެހިރާއްޖޭގެ މާލީ ހާލަތު ބަޔާންކޮށް ނެރިފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު 4.7 އިންސައްތައިން ފުޅާވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި މިއީ ކުރިން ކުރެވިފައިވާ އަންދާޒާތަކަށްވުރެ ދަށް އަދަދެއްކަމަށްވާއިރު، މިއީ އިގްތިސާދު ފުޅާވަމުންދިޔަ މިންގަނޑަށް އައިސްފައިވާ މަޑުޖެހުމަށް ރިއާޔަތްކޮށް ހިއްސާކޮށްފައިވާ އަދަދެއްކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓިނިވިކަމަށްވަނީ ދަރަންޏާއި އެހެނިހެން މާލީ ދަތިތަކުގެ ހިޔަނިއެޅިފައިކަމަށާއި މާލީ އިސްލާހުތައް ތަންފީޒުނުކުރެވިއްޖެ ހާލަތެއްގައި ދަރަނި އިތުރުވުމުގެ ސަބަބުން މައްސަލަތައް ގޯސްވެގެންދިއުމުގެ ފުރުސަތުވެސް އޮތްކަމަށް ހިއްސާކޮށްފައިވެއެވެ.

ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުންދިޔަ ނަމަވެސް ފަތުރުވެރިކަންވެސް ހިމެނޭހެން އެހެނިހެން މައި އިގްތިސާދީ ދާއިރާތަކުގައިވެސް މަޑުޖެހުމެއް އަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި އަންނަ ފަތުރުވެރިން ކުރާ ހޭދަ ކުޑަވުމުގެ އިތުރުން ހުންނަ މުއްދަތު ކުރުވުމުގެ އަސަރުވެސް ޖުމުލަ އިގްތިސާދަށް ފޯރާފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.

ވޯލްޑް ބެންކް އިން ބުނެފައިވާގޮތުން މިހާރުގެ އަންދާޒާތަކުން ދިވެހިރާއްޖޭގެ މާލީ މަސައްކަތްތައް ހަރުދަނާކުރުމުގެ މުހިންމުކަން ފެނިގެންދާކަމަށާއި، ސަބްސިޑީ އުސޫލުތަކަށް ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުތަކާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ އަސަރުތައް ރައްޔިތުންގެ ޖީބަށް ކުރާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

8 ބިިލިއަން ޑޮރަލަށްވުރެ އިތުރުވަމުންދާ ދިވެހިރާއްޖޭގެ ދަރަނީގެ މައްސަލައިގައިވެސް ވޯލްޑް ބެންކްއިން އިންޒާރުތަކެއް ދީފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ މާލީ ކަންކަން ބައްޓަންކުރުމަށް ޕްރޮގްރާމެއް ކުރިއަށް ނުގެންދާނަމަ ދަރަނީގެ އަދަދުތައް އަރައިގެދާނެކަމަށް ލަފާކުރެވޭކަމަށާއި އެކަމުގެ ސަބަބުން ދަރަނި ނުދެއްކި ދިއުމުގެ މައްސަލަ ކުރިމަތިވެގެންދިއުމުގެ ފުރުސަތު އޮތްކަމަށްވެސް އިޝާރާތްކޮށްފައިވެއެވެ. އަދި ދަރަނި ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމުގެ ސަބަބުން މާލީ ގޮތުން އެހެނިހެން ދަތިތައް ކުރިމަތިވެގެންދިއުމުގެ ފުރުސަތުވެސް އޮތްކަމަށް ބުނެފައިވެއެވެ.

ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން 2024 އަދި 2024 ވަނަ އަަހަރުގެ ތެރޭގައި ދެއްކުމަށް ކަނޑައެޅިފައިވާ ދަރަނީގެ އަދަދު 512 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެއަށްފަހު 2026 ވަނަ އަހަރު އެ އަދަދު އިންތިހާއަށް ބޮޑުވެ 1.07 ބިލިއަން ޑޮލަރަށް އަރާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން އިސްލާހުތަކެއް ގެނައުމެއް ނެތި ދަރަންޏަށް ބަރޯސާވެ މާލީކަންކަން ދެމެހެއްޓުމުގެ ސަބަބުން އިގްތިސާދަށް ނުރައްކާވުން އެކަށީގެންވެއެވެ. އެހެންކަމުން ބައެއް ހަރަދުތައް ހުއްޓާލުން ނުވަތަ ކުޑަކުރުމުގެ އިތުރުން ކުރަމުންދާ ހަރަދުތައް ކުރެވެމުންދަނީ އެންމެ އެކަށީގެންވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމުގެ މަސައްކަތްތައްވެސް ކުރުން މުހިންމުކަމަށް ބުނެފައިވެއެވެ.

ވޯލްޑްބެންކްއިން ބުނެފައިވާގޮތުން ރިޕޯޓުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަރުކާރުން ގެންނާނެކަމަށް އިއުލާނުކޮށްފައިވާ މާލީ އިސްލާހުތައް އަވަސް ހާލަތެއްގައި ގެނައުމުގެ މުހިންމުކަން ފާހަގަކުރުންކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓިނިވިކަން ކަށަވަރުވެ އޮތުމަށްވެސް މާލީ އިސްލާހުތަކެއް ގެނައުން މުހިންމުކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: