ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބިކަމަށް ގަބޫލު ކުރެވެން ނެތް: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަދިވެސް އިންޑިއާގެ ސިފައިން އެބަތިބިކަމަށާއި، އެ ގައުމުން އަނެއްކާވެސް ދިވެހިންގެ ގައުމަށް އޮޅުވާލާފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި އެކުވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން އިންޑިއާގެ ސިފައިން ގާއިމުވެ އެބަތިބިކަމަށް ތުހުމަތުކޮށް އެންމެ ފުރަތަމަ އިހުތިޖާޖުތައް ފެއްޓެވީ އުމަރެވެ. އޭރު އުމަރު ވަނީ އެކި ފޯރަމްތައް ބާއްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް އެކި ތުހުމަތުތައް ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލައި އެއްބަސްވުންތައް ބާތިލު ކުރާނެކަމަށެވެ. އަދި ފަހުން މިދިޔަ ސަރުކާރުގައި، އެ ހަރަކާތް އެންމެ ފުޅާކޮށް ކުރިޔަށް ގެންދިޔައީ ވެސް ރައީސް ޔާމީން ހިމެނޭހެން ޕީޕީއެމް/ޕީއެންސީ އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު އެކުލަވާލި ކޯ ގުރޫޕުގެ އެކި މަޝްވަރާތަކަށް ފަހު، އެކި ބެޗުތަކަށް ބަހާލައިގެން އިއްޔެ ހުރިހާ ސިފައިން ފައިބާ ނިމުނީކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވެސް އިންޑިއާގައި ހުންނެވި އިރު ސަރުކާރުން ބުނެފައި ވަނީ ވަރަށް އަވަހަށް ފޭބި ސިފައިންގެ މައުލޫމާތުތައް ދޭނެ ކަމަށެވެ.

އިންޑިއާގެ ސިފައިން ފޮނުވާލިކަމުގެ ރިޕޯޓުތަކަށް ފާޑުވިދާޅުވެ އުމަރު ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮންމެ ސަރުކާރަކަށް ވެސް އޮޅުވާލައި ކަންކަން ކުރުމުގެ ސަގާފަތް އިންޑިއާއިން އަނެއްކާވެސް ކާމިޔާބުކޮށްފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ އިންޑިއާގެ ސިފައިން ފުރައިގެން ދިޔަކަމަށް ގަބޫލު ކުރެވޭނެ ހަމައެއް ނެތްކަމަށާއި، އެ ގައުމުގެ ޑްރޯންތަކާއި ރާޑަރ ސްޓޭޝަންތައް އަދިވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.

އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީރް ޖެއިސްވާލް އެ ގައުމުގެ މީޑިއާތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިފައިން އެނބުރި އައި އިރު، މަދަނީ މީހުން ބަދަލުގައި ރާއްޖެ އައިސްފައިވާކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިޔަށްކަމަށް ވިދާޅުވެފައި ވެއެވެ.

 

ވަރަށް ގަދަ
13%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 6%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: