ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫނި ރޯގާގެ ޕެންޑެމިކެއް އައިސްދާނެކަމަށް އެމެރިކާއިން ތައްޔާރުވަނީ!

އިންފުލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ފޫޑް އެންޑް ޑްރަގް އޮތޯރިޓީއިން ދޫނި ރޯގާގެ ޕެންޑެމިކެއް އައިސްދާނެކަމުގެ އިންޒާރު ދީ ތައްޔާރީ މަސައްކަތްތައް ފައްޓައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ އެންމެ އިސް އެއް މުއައްސަސާކަމަށްވާ އެފްޑީއޭއިން ދަނީި ދޫނިރޯގާގެ ޕެންޑެމިކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެންޓިވައިރަލް ބޭހުގެ އިތުރުން ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ފެއްޓުމުގެ ގޮތުން ޕްލޭންތައް ރާވަމުންނެވެ.

މީޑިއާތަކުން ބުނާގޮތުން މިހާރު އެފްޑީއޭއިން ތައްޔާރުވަމުންދަނީ އިންތިހާއަށް ފަސޭހައިން ފެތުރުމުގެ ފުރުސަތު އޮތް އޭވިއަން އިންފުލުއެންޒާގެ މައްސަލައެއް ގޯސްވެގެން ގޮސް ޕެންޑެމިކަކަށް ބަދަލުވުމުގެ ފުރުސަތު އޮތުމުންކަމަށެވެ. އަދި މިހާރު އިންސާނުންނަށް ޖެހިފައިވާ މިންގަނޑަށްވުރެ އިތުރަށް ފެތުރިއްޖެ ހާލަތެއްގައި ޕެންޑެމިކެއް އައިސްދާނެކަމަށްވެސް އެފްޑީއޭގެ ކޮމިޝަނަރު ރޮބާރް ކާލިފްވަނީ އެ ގައުމުގެ މަޖިލީސް އަދި މީޑީއާތަކާއި ހިއްސާކޮށްފައިވެއެވެ.

އޭނާ މައުލޫމާތު ދިންގޮތުން އެހެނިހެން ވައިރަސްތަކެކޭ އެއްގޮތަށް މި ވައިރަސްވެސްދަނީ މިއުޓޭޓްވަމުންނެވެ. އެހެންކަމުން މިހާރު ގެރިންވެސް ފެނިފައިވާއިރު، އިންސާނުންނަށް ޖެހޭ މިންގަނޑުތައް އިތުރުވެގެންގޮސްދާނެކަމަށްޓަކައި ތައްޔާރީތައް ވާންޖެހޭކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމަކީ ފުއްޕާމޭއަށް އެކަމުގެ އަސަރުތައްކުރުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެގޮތަށް ދިމާވި ކޭސްތަކުގައި 25 އިންސައްތަ މީހުން މަރުވިކަަންވެސް ހާމަކުރިއެވެ.

ކާލިފް ހިއްސާކުރިގޮތުން އިންސާނުންނަށް ފެތުރިގެންދިއުމުގެ ފުރުސަތު މިވަގުތު އެހާ ބޮޑެއް ނޫނެވެ. އަދި މިހާރު އެމެރިކާގައި ދެ މީހަކަށް ބަލިޖެހިފައިވާކަން ކަށަވަރުއިރު، އެ މީހުންގެ ފަރާތުން އެހެން މީހަކަށް ޖެހުމުގެ ރިކޯޑެއް އަދި ނެތްކަންވެސް ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ކުކުޅާއި އެހެނިހެން ދޫނީގެ ބާވަތްތަކުގެ ތެރޭގައި ފެތުރެން ފަށައި ބޮޑު މައްސަލައެއް ކުރިމަތިވުމަށްފަހު ގެރި ފަދަ ޖަނަވާރުތަކަށް ޖެހެން ފެށިކަން ފާހަގަކުރެވުނުކަމަށާއި މި ފަހުން އެފްޑީއޭއަށް ތައްޔާރީ ކިރުގެ ބާވަތްތަކުގައި މަރުވެފައިވާ އިންފްލުއެންޒާ ވައިރަސްގެ އަސަރުތައް ހޯދިފައިވާކަންވެސް ހާމަކޮށްފައިވެއެވެ. އެ މުއައްސަސާއިންވަނީ މިވަގުތު ރޯ ކިރުގެ ބަދަލުގައި ތައްޔާރީ ތަކެތި ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: