ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލުގެނެސް ޓްރާންސްޕޯޓް މިނިސްޓަރީން އައު އަގުތަކެއް ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޓެކްސީ ކުރުމުގެ އަގުތައް ދެ ކެޓެގަރީއަކަށް ވަނީ ބަހާލާފައެވެ. ޓެކްސީ ކުރުމުގެ ދެ ކެޓަގަރީއަކީ 6 ސީޓަށްވުރެ ދަށުގެ އުޅަނދާއި 10-7 ސީޓް ދެމެދުގެ އުޅަނދުގެ ކެޓަގަރީއެވެ.
ޒޯން އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު):
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 30 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 45 ރ.
މާލެއިން ހުޅުމާލެ ފިޔަވަހި 1:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 85 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 130 ރ.
މާލެއިން ހުޅުމާލެ ފިޔަވަހި 2:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 100 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 155 ރ.
މާލެއިން އެއާޕޯޓައް:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 70 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 110 ރ.
ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 :
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 40 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 60 ރ.
ހުޅުމާލެ ފިޔަވަހި 1 އިން އެއާޕޯޓައް:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 80 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 125 ރ.
ހުޅުމާލެ ފިޔަވަހި 2 އިން އެއާޕޯޓަށް:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 85 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 130 ރ.
ޑޮމެސްޓިކް ޓާމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަރޕޯޓް އަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 10 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 15 ރ.
ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް:
6 ސީޓަށްވުރެ ދަށުގެ އުޅަނދު: 5 ރ.
10-7 ސީޓް ދެމެދުގެ އުޅަނދު: 5 ރ.
ޓްރާންޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށެވެ. ކަނޑައަޅާފައިވާ އައު އަގުތަކަށް ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން މަސައްކަތްކޮށް ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

