ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ ރައީސް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ފެނުނުއިރު، ރައީސް އަވަހާރަވެއްޖެ ކަމަށް ރިޕޯޓް ކޮށްފި

އީރާނުގެ ރައީސް އިބްރާހިމް ރައީސީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރައްވަމުންގެންދިޔަކަމަށް ބެލެވޭ ހެލިކޮޕްޓަރު ފެނިފައިވާކަަމަށާއި، އެކްސިޑެންޓުގައި ހިމެނޭ މީހުންނަށް ސަލާމަތްވެވޭނެކަމަށް ނުބެލެވޭކަމަށާއި ރައީސް އަވަހާރަ ވެފައިވާ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވިކަން އެ ގައުމުގެ މީޑީއާތަކުން ކަށަވަރުކޮށްދީފައިވާއިރު، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދަތުރުކުރައްވަމުންދިޔަ ހެލިކޮޕްޓަރު އެމަރޖެންސީ ލޭންޑިންގެއް ކުރިކަމުގެ މައުލޫމާތު ދައުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އެއަށްފަހު އެ ހެލިކޮޕްޓަރު ވެއްޓުނުކަމަށް ބައެއް މީޑިއާތަކުން ޝާއިއުކުރުމާއިއެކު އީރާނުގެ ސަރުކާރުންވެސްވަނީ ހެލިކޮޕްޓަރު ގެއްލިގެން ހޯދަމުންދާކަން ހާމަކޮށްފައެވެ.

ހެލިކޮޕްޓަރުގައި އީރާނުގެ ރައީސްގެ އިތުރުން ފޮރިން މިނިސްޓަރާއި އެހެނިހެން ބައެއް އިސް އޮފިޝަލުންގެ އިތުރުން ބޮޑީގާޑުންވެސް ދަތުރުކުރަމުންދިޔަކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތްތަކަށް ފަހު މިހާރު ވަނީ ހޯދިފައިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެއްވެސް ދިރުމެއްގެ ނިޝާނެއް ނެތްކަމަށް ފާޙަގަކޮށްފައިވެއެވެ.

ސަލާމަތްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށި އެއް ޓީމުކަމަށްވާ ރެޑްކްރެސެންޓުންވަނީ ހެލިކޮޕްޓަރުގެ ގާތަށް ގޮސް އެ ސަރަހައްދުގެ ހާލަތު ހިއްސާކޮށްފައެވެ. އަދި ވީޑިއޯތައްވެސް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު އެ ޖަމިއްޔާއިން ބުނެފައިވާގޮތުން މީހުން ތިބުމަށް ހަދާފައިވާ ކެބިން ހިމެނޭގޮތަށް މުޅި ހެލިކޮޕްޓަރުވަނީ އަނދާފައިކަމަށެވެ. އަދި ހެލިކޮޕްޓަރުގައި ތިބި ބަޔަކަށް ސަލާމަތްވެވުނުކަމަށް ނުބެލެވޭކަމަށްވެސް އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް އީރާނުގެ ސަރުކާރުން އަދި ރައީސީ ނިޔާވެފައިވާކަމަށް

ކުއްލި ހާލަތެއްގައި އީރާނުގެ ރައީސް ނިޔާވެއްޖެ ހާލަތެއްގައި އެ ގައުމުގެ ގާނޫނުއަސާސީވަނީ ނައިބުރައީސް އެމަގާމާއި ހަވާލުވާނެކަމަށް ބަޔާންކޮށްފައެވެ. އަދި މިވަގުތު ހުންނެވީ މުހައްމަދު މޮކްބަރްކަމަށްވާއިރު އޭނާއަށް އެ މަގާމާއި ހަވާލުވެވަޑައިގެންނެވޭނި ސުޕްރީމް ލީޑަރުގެ ގޮތުގައި ހުންނަވާ އަލީ ހުމައިނީގެ ރުހުމާއިއެކުކަމަށް ބުނެފައިވެއެވެ. އީރާނުގެ ސިޔާސީ ބާރުވެރިކަން އެތުރިފައިވާގޮތުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމު އަދި ސަރުކާރުގެ އިސްވެރިޔާގެ މަގާމުވަނީ ވަކި ކުރެވިފައިކަމަށްވުމުން ރައީސް ހުންނަވަނީ ދެވަނައަށް އެންމެ އިސް ފަރާތުގެ ގޮތުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: