ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފް ފަންޑަށް ޑޮލަރު ގިނަވުމަކީ، އިގްތިސާދީ ރަނގަޅު ފިޔަވަޅުތަކެއް އެޅިކަމުގެ ހެއްކެއް: ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސް އަހުމަދު ޝިޔާމް. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަވްރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ފަންޑަށް ޑޮލަރު ގިނަވުމަކީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިގްތިސާދީ ރަނގަޅު ފިޔަވަޅުތަކެއް އެޅިކަމުގެ ހެއްކެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 2 މިލިއަން ޑޮލަރު ރައްކާކުރެވިފައި ހުރި، އެސްޑީއެފް ފަންޑު 6 މަސް ތެރޭގައި 40 މިލިއަން ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ އިޤްތިޞާދީ ރަނގަޅު ހަމަތަކެއް އަޅުއްވައިފިކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.

https://x.com/Shiyamaldives/status/1792317925527019584

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ގޮންޖެހުންތަކެއް ދިމާވެ، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ގެންދަވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވަމުންނެވެ.

މިދިޔަ ސަރުކާރުން 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ވާރުތަވެގެން އައިއިރު މާލީ ޑިސިޕްލިން އެމްޑީޕީގެ ވެރިކަމުގައި ބޭނުން ކުރީ ފަރުވާކުޑަކަމާއި އެކު އެއްވެސް ހަމައެއް އުސޫލެއް ނެތިކަމަށް މި ސަރުކާރުން ބުނެއެވެ. އެހެންވެ އެސްޑީއެފް ފަންޑަށް އަލުން ޑޮލަރުން ފައިސާ ޖަމާކުރަން ފަށައި، އެ ފަންޑު ހިމާޔަތް ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ އިހްތިސާދު ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، 120 ބިލިއަންގެ ތެރޭގައި ބޭރުގެ ދަރަންޏާއި 09 ބިލިއަންގެ އެތެރޭގެ ދަރަނި ހިމެނޭ ކަމަށެވެ. ފައިސާ ޗާޕް ކުރުން ހުއްޓާލުމަށް މި ސަރުކާރުން ނިންމީ، މުހިންމު މަގްސަދެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސޮވެރިން ފަނޑުގައި ހުރި ޑޮލަރުތައް ކުރީ ސަރުކާރުން މާރުކޮށް އެއްކޮށް ހުސްކޮށްލި ކަމަށެވެ.

އެ ފަންޑަށް ޑޮލަރު ޖަމާ ކުރަން ފަށާފައިވާކަމަށާއި، އަހަރު ނިމޭއިރު 100 މިލިއަންގެ ބޮޑު އަދަދެއް ހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

 އިރާދަކުރެއްވިއްޔާ އަހަރު ނިމޭއިރު 100 މިލިއަންގެ ބޮޑު އަދަދެއް ޖަމާ ކުރެވޭނެ.

ދަރަންޏާއި ގުޅޭގޮތުން ރައީސް ވިދާޅުވީ 2025، އަދި 2026 ގައި ބޭރުގެ ދަރަނީގެ ގޮތުން ރާއްޖެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ. އެކަމަށް ތައްޔާރުވުމަށާއި، އަދި އިގްތިސާދު ފުޅާ ކުރުމަށް އިންވަސްޓްމަންޓުތައް އިތުރު ކުރެވިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި އަހަރަށް ލަފާ ކުރި ދައުލަތުގެ ބަޖެޓު މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް އަމަލު ކުރި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އައު ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތް ނުކުރިއިރު، ހުށަހެޅި ކަންތައް ވެސް ބަޖެޓުން އުނި ކުރުމަކީ ކުރި ޖެއްސުމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: