އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު 28 މޭގައި އޮންނާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.
20 ވަނަ މަޖިލީހަށް އިންތިހާބުވީ މެންބަރުންގެ ހުވާ ކުރުންވެސް އޮތީ 28 ގައެވެ. 20 ވަނަ މަޖިލީހަށް އެމްޑީޕީން އިންތީ 12 މެމްބަރުންނެވެ.
އެމްޑީޕީއިން ބާއްވާ އިންތިހާބުގައި މެންބަރުން ހޮވާ މަގާމުތައް:
- ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ
- ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ
- ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ
- ސެކްރެޓަރީ ޖެނެރަލް
- ސެކްރެޓަރީ ޖެނެރަލް ގެ ނާއިބު
- ޗީފް ވިޕް
- ވިޕް
- ވިޕް
ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން 27 މޭ 2024 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މަގާމުތަކަށް ވާދަ ކުރާނަމަ އެކަން ޕާޓީއަށް އަންގަން ޖެހެއެވެ.
20 ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވީ 12 މެންބަރުންނެވެ. މިއީ ފެހި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފެށީއްސުރެ އެންމެ މަދު ގޮނޑި އެމްޑީޕީއަށް ލިބުނު ފަހަރެވެ.


One Response
ތިޔަ ހެޔޮ ނުބޭއްވިޔަސް ތިޔާގެ ފޯރިއެއް ނެތް މިހާރަކު