ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންކޯރެއްގައި ކުޅެންތިބި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ދަނީ ފަރުވާ ހޯދަމުން: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައިހުރި މަގުބައްތި ކައިރީގައި އޮތް ފެންކޯރެއްގައި ކުޅެންތިބި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ފަރުވާ ހޯދަމުން ދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން އެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދުގެ 13:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔާފެވައިވަނީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު ވަނީ އަނބުރައިގަނެގެން ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެއެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

”ސަންގު ޓީވީ“ އިން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އާއި ސުވާލުކުރުމުން ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގުކުރައްވާ ކަމަށާއި އެކަމުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ވާހަކަކަމަށެވެ.

އެހެންނަމަވެސް ބައެއް މީޑިއާތަކުގައި ޕާކް ކައިރީގައި ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑަކަށް އަހަރުގެ ފިރިހެން ކުއްޖާ އެރުނީ ކުޅެން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެ ކުއްޖާ ކަރަންޓުގައި ޖެހުނު ކަމަށާއި ބޮޑު ދެ ކުދިންނަކީ ކުޑަ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު ކުދިން ކަމަށް އުނގޫފާރުގެ ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެކުދިން ކަރަންޓުގައި ޖެހުނީ އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތިއެއްގެ ވަޔަރިން މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުންކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 73%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: