ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފި

މާލެ ސިޓީ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތައް ދިވެހިންނާއި ހަވާކުކޮށްފިއެވެ.

ސިޓީ ކައުންސިލްއިން “ އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކައުންސިލުން ހުޅުމާލޭގައި ބަލަހައްޓަމުންދާ 10 މިސްކިތަކާއި މާލޭގައި ބަލަހައްޓަމުންދާ 22 މިސްކިތެއް އަދި ވިލިމާލޭގައި ބަލަހައްޓަމުންދާ ދެ މިސްކިތެއް ފޮޅައި ސާފު ކުރުމުގެ މަސައްކަތް މިއަދު ފެށިގެން ކުރާނީ ދިވެހިން ކަމަށެވެ.

މީގެ ކުރިން މާލެ ސިޓީގައި ހުރި މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކުރައްވަމުން އައީ ބިދޭސީނެވެ. ކައުންސިލުން ބުނެފައިވަނީ މާޗު މަހު ކުރި ޢިއުލާނާ ގުޅިގެން 230 އަށްވުރެ ގިނަ ދިވެހިން އެ ވަޒީފާއަށް ކުރިމަތިލާފައިވާ ކަމަށެވެ.

މިސްކިތްތައް ފޮޅާ ސާފުކުރުމަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ސިޓީ ކައުންސިލުން ވަނީ މިސްކިތް ފޮޅާ ސާފުކުރުމުގެ ވަޒީފާއަށް މިދިޔަ ފެބްރުއަރީ މަހުގައި ހުޅުވާލައިފައެވެ. އެ ފަހަރު 114 ދިވެހިން ހޯދަން އިއުލާން ކުރުމުން ކުރިމަތިލީ 14 މީހުންނެވެ. ތަރުހީބު ދަށްވުމުން ކައުންސިލުން ވަޒީފާގެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެއީ އެ މަގާމަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށް ނިންމުމެވެ. މި މަގާމުތަކަށް އެންމެ ފަހުން ދެން ޢިއުލާނުކޮށްފައިވަނީ މިދިޔަ މާޗު މަހު ގައެވެ. އެ ފަހަރު އިއުލާން ކުރީ 110 މީހުން ހޯދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: