ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަބްލިކް ވޯކްސްގެ ޙިދުމަތް 15 އަތޮޅެއްގައި ފަށާނަން: މިނިސްޓަރ އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ވޯކްސްގެ ޙިދުމަތް 15 އަތޮޅެއްގައި ފެށުމަށް ނިންމާފައިވާ ކަމަށް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު އެ ވުޒާރާއިން ބޭއްވި ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ، ޕަބްލިކް ވޯކްސްގެ އިރުޝާދުގައި، މި އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޙިދުމަތް ގާއިމްކުރުމަށްޓަކައި ބަޖެޓް ކުރެވިގެން ދާނެކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޙިދުމަތް ލިބިގެން ދިޔުމަށް ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ އިރުޝާދާއި އިސްކަމެއް ދެއްވައިގެން ކުރިއަށް ދާ މަސައްކަތެއް ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދުރާލާ، ރާއްވަންޖެހޭ ރޭވުންތައް ނިންމާ އެ މަސައްކަތް ކުރިވިގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި އަންނަ އަހަރު ޕަބްލިކް ވޯކްސްގެ ޙިދުމަތް ރޭވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ގަބޫލުކުރެވޭ މިހާރުވެސް ސައިޓްތަކުގައި ހުރި، ނުވަތަ ޔުނިޓް ތަކުގައި ހުރި މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތައް އެ ވުޒާރާއިން ކުރަންޖެހިފައި އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ މަސައްކަތްތައް ކުރުމުގެ އެންމެ ފުރަތަމަ ބިންގަލަކީ މިއަދު ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ކަމަށާއި އަދި މި މަސައްކަތު ބައްދަލުވުން ނިމިގެން ދާއިރު އަތޮޅުތަކުގައި ޕަބްލިކް ވޯކްސް ސައިޓްތަކުގައި ނުވަތަ ޔުނިޓް ތަކުގައި ތިއްބެވި ބޭފުޅުންނަށް މުޅި މަސައްކަތް ރާއްވާ ހިނގާނެ ގޮތްތަކާއި އެ ޔުނިޓްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޒިންމާ އަދި އެ ޔުނިޓް ތަކުން ކުރަން ޖެހޭ މަސައްކަތައްކުރުމުގައި މުޢާމަލާތްކުރާނެ ގޮތާއި، ޕޮރޮކިއުމެންޓް ނުވަތަ ތަކެތި ހޯދާ، ތަކެތި ބެލެހެއްޓުމާއި މި ކަންކަމާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރިވިގެން ދާނެ ކަމަށާއި އަދި އެކަމާއި ބެހޭ ގޮތުން އުސޫލުތައް ހެދި ވަރަށް އެކަށީގެންވާ ގޮތެއްގައި މިހާރު ހުރި އަތޮޅުތަކުގައި ހިންގުމުގެ ކަންތައްތައް އިންތިޒާމު ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޕަބްލިކް ވޯކްސްގެ ޔުނިޓްތަކުގައި ހުންނަ އެކި އެކި މެޝިނަރީ އަދި ވަސީލަތްތަކަކީ ފަންނީ ބޭފުޅުންނަށް އެކަން އެންމެ ރަނގަޅަށް ކުރެއްވޭނެ ތަކެތި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެކަށީގެންވާ ތަމްރީނާއި، މައުލޫމާތު އަދި ފަންނުވެރި ބޭފުޅުން މެދުވެރިކޮށް، ކުރިއަށްއޮތް ތަނުގައި ޢަމަކު ކުރަންޖެހޭ ގޮތްތަކާއި އަދި އިތުރު މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި ޕަބްލިކް ވޯކްސްގެ ޙިދުމަތުގެ މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އަދި ފެހި ޤާނޫނު އަސާސީއަށް ފަހު 2008 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ލާމަރުކަޒީ އުސޫލުން ހިންގުމުގައި ގޮންޖެހުން ތަކެއް އަތޮޅުތަކުގައި ހުރި އެކި ސައިޓް ތަކަށް މިއަދު އެބަހުރި ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާއެއްކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވައި، ކައުންސިލްތަކާއި އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: