ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ 6 މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިއްޖެ: މިނިސްޓަރ އާދަމް ޝަރީފު

ވެރިކަމުގެ 6 މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިއްޖެ: މިނިސްޓަރ އާދަމް ޝަރީފު ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ 6 މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިއްޖެ ކަމަށް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ، ވެރިކަމުގެ 6 މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި ރައްޔިތުންނާއި ހަމައަށް ޙިދުމަތް ފޯރުކޮށްދިނުމާއި ކައުންސިލްތައް ބާރުވެރިކުރުމާއި އަދި ޕަބްލިކް ވޯކްސްގެ ދާއިރާއިންވެސް މަސައްކަތްތަށް ކުރުމުގައި ވަރަށް ގިނަ ތަޖުރިބާ ތަކެއް ހާސިލްކޮށް އަދި ވަރަށް ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މަސައްކަތްތަށް ކުރިއަށް ގެންދެވެނީ މިހާރު ހުރި ތަފާތު އެކި ކަހަލަ މައްސަލަތަކާއި ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުން ތަކުން އަރައިގަތުމަށްޓަކައި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން، ސިވިލް ސާރވީސްގެ މުވައްޒަފުން، ސިޔާސީ ބޭފުޅުން އަދި އަތޮޅުތަކުގެ މަސައްކަތް ކުރައްވާ ބޭފުޅުންގެ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި ރަނގަޅު އެއްބައި ވަންތަކަމެއްގެ ތެރޭގައި މަސައްކަތް ކުރެވިގެން ކަމަށެވެ. ނަމަވެސް ބައެއްކަހަލަ ގޮންޖެހުންތައް އެބަހުރި ކަމަށާއި ލާމަރުކަޒީ ނިޒާމް 2008 ވަނަ އަހަރު ރާއްޖޭގައި ތަޢާރަފް ކުރެވިގެން ދިޔަ ނަމަވެސް ރާއްޖޭގައި އަދިވެސް ހެދިފައިހުރި ބައެއް ޤާނޫނުތަކަކީ، މާކުރިން ވުޖޫދުވެފައި ހުރި ބައެއް ޤާނޫނުތައް ކަމަށެވެ.

“ ބައެއް ކަހަލަ ޤާނޫނު ތަކަކީ ޙަޤީޤަތުގައި.. މިއަދު ރާއްޖޭގައި މި ތަޖުރިބާ ކުރަމުންދާ ލާމަރުކަޒީ ނިޒާމަށް އެހާފަހި ރައްޓެހި ޤާނޫނު ތަކެއް ނޫން.. ޙާއްސަ ގޮތެއްގައި ކައުންސިލްތަކުން ވަކިން ޙާއްސަ ގޮތެއްގައި ކުދި ކުދި ރަށްރަށުގައި ލާމަރުކަޒީ ނިޒާމުން ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމުގައި ބައެއް ކަހަލަ ގޮންޖެހުންތައް.. ބައެއް ޙާލަތްތަކުގައި ކައުންސިލްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ..މި ތަޖުރިބާ އަޅުގަނޑުމެން އަތޮޅު ތަކަށް ހުރި ޕަބްލިކް ވޯކްސްގެ ޔުނިޓްތަކަށްވެސް ހަމަކުރަމްޖެހޭ … މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބައެއް ކަހަލަ މެޝިނަރީށް އަދި ބައެއް ކަހަލަ ސްޕެއާރ ޕާޓްސް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕަބްލިކް ވޯކްސްގެ ޔުނިޓް ތަކަށް ވަރަށް ބޮޑެތި ގޮންޖެހުން ތަކަކަށް ވެފައި ހުރި ކަމަށާއި ބައެއް ކަހަލަ ތަކެތި ހޯދުމަށްޓަކައި ބައެއް ޙާލަތްތަކުގައި ރަށްރަށުން ނުލިބޭ ތަކެތި މާލެއިން ހޯދަން އަދި މާލެއިން ނުލިބޭ ތަކެތި އަވަށްޓެރި ޤައުމުތަކުން ހޯއްދަން މަސައްކަތް ކުރަމުން ދާއިރު، އެ ޙިދުމަތް ލިބިގަންނަށްޖެހޭ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ދެނެގަންނަން ޖެހޭ ކަމަށެވެ.

“ މީގެ މިސާލެއް ދަންނަވާލުމަށްޓަކައި އެންމެ މިސާލެއް އަޅުގަނޑު ނަގާނަށް ކުޅުދުފުށީގެ ޕަބްލިކް ވޯކްސް ޔުނިޓްގައި މުވައްޒަފުން ބޭނުންކުރާ ފާހާނަ މާރާމާތު ކުރުމަށްޓަކައި .. އެ މަސައްކަތް ލައްކަ ގިނަ ގޮތްގޮތުން ކުރެވޭތޯ ބެލިން… އެކަމަށް ބޭނުންވާ ތަކެތި ގަތުމުގައި ހުއްދަ ހޯދައި ތައްޔާރުކުރަންޖެހޭ ޑޮކިއުމެންޓްތައް ތައްޔާރުކޮށްގެން އެ ލިބެން ހުރި ތަނަށް ދާއިރު، އެ ތަކެތި ހުންނަނީ ރަށުން ހުސްވެފައި…އަނެއްކާވެސް އެ އުސޫލު އޮންނަ ގޮތުން މިޖެހެނީ ދެވަނަ ފަހަރަށް އަނެއްކާވެސް ޕޮރޮކިއުމެންޓްއިން އެކަމަށް ރިކުއެސްޓް ކުރަން … އެ ރިކުއެސްޓް ކުރީމައި ކުރަނީ އެފަހަރަކު ލިބެން ހުރި ތަނެއް ބަލައިފައި އެ ހުންނަ ތަނަކުން، ބަލާދައިރު ހުންނާނީ އެ ތަކެތި ހުސްވެފައި ..“ މިނިސްޓަރ ވިދާޅުވިއެވެ. 

އަތޮޅުތަކުގައި މަސައްކަތް ކުރައްވާ، ސިވިލް ސާރވީސް ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ކިޔަމަންތެރިކަމާއި، އެ ބޭފުޅުންގެ އިޙްލާސްތެރިކަމާއި، އަދި އެ ވުޒާރާއަށް ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރުއަދާ ކުރާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: