ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ މަސް ތެރޭ ހަލާކުވެފައިވާ 281 އުޅަދަކެއް މާލެ ސަރަހައްދުންވަނީ ނައްތާލެވިފައި: މިނިސްޓަރ އަމީނު

ހަލާކުވެފައިވާ 281 އުޅަދަކެއް މާލެ ސަރަހައްދުންވަނީ ނައްތާލެވިފައި: މިނިސްޓަރ އަމީނު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 281 ވެހިކަލްއެއްވަނީ ނައްތާލެވިފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ، މިހާތަނަަށް 281 އުޅަނދު ނައްތާލެވިފައިވާ ކަމަށާއި، އަދި 281 ވެހިކަލްއެއް ނައްތާލެވިފައިވަނީ އުނޅަދުގެ ވެރިފަރާތުން އެދިވަޑައގަންނަވައިގެންކަމަށާއި، އިންޖީނު ނަގައިފައި އުކާލެވިފައި ކަމުގައިވާނަމަ އެއީ ކުނި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެއީ ގެނެވުނު ކޮންމެވެސް ވަރެއްގެ ލުޔެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މާލޭގައި ދިމާވެފައިހުރި ކޮންޖެޝަންއާއި މަގުމަތީގެ ސަލާމަތްތެރިކަން ގެއްލިފައި އޮތް ވަރާއި ވެހިކަލްތައް ގިނަވެފައި އޮތް ކަންތައްތަކަކީވެސް އޯލްއިންކުލޫސިވް ހުރިހާ ދިމާލަކުން ގުޅޭ ބޮޑު ޕްރޮގުރާމެއް ފަށައިގެން ކުރިޔަށް ދެވޭނެ ކަމަށް މިނިސްޓްރީގެ ފާރާތުން ކުރިންވެސް ފާހަގަކޮށަްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިހާރު “ މާލެ ފަހި “ ކިޔާ ޕްރޮގުރާމެއް އެކުލަވާލައިފައިވާނެ ކަމަށާއި، އަދި މި ފެށޭ ހަފްތާގައި ކެެބިނެޓަށް ހުށައަޅައިގެން ޕްރޮގުރާމް ފާސްކުރެވުމުން ޕަބްލިކް އާއި ހިސާބަށް އެ ވުޒާރާގެ ފަރާތުން ގެންނާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޕްރޮގުރާމް ތެރޭގައި ޕަބްލިކް އެވާނެސް އިތުރުކުރުމާއި، ޕަބްލިކް ޓްރާންސް ޕޯޓް މިހާރު އޮތް ހާލަތުން އެހެން ޙާލަތަކަށް ގެންދިއުމާ ޕާކިން ބިލްޑިން އެޅުން ހިމެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގައި ވަރަށް ގިނަ ފަރާތްތަކަށް ގެއްލިފައިވާ ހައްޤު ތަކެއް އެބަހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. މާލޭގެ ގަރާޖު ކޯޓުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ފަރާތްތަކަށް އެނގުމެއްނެތި، އެބޭފުޅުންގެ ގެދޮރުގައި ވަރަށް ގިނަ އަދަދަކުން ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ރަޖިސްޓްރީ ކުރެވިފައި އެބަހުރި ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކޮށްފައެވެ.

“ އެހެންވެ އަޅުގަނޑު ކުރިންވެސް ދައްނަވާލީ .. ޤާނޫނުން ބޭރުން ހިނގާފައި ހުރި ބައިވަރު ކަންތައްތައް އެބަހުރި އެބަހުއްޓެ.. އެހެން ވުމާއެކީ އެ ބޭފުޅުންގެ ހައްޤު ހޯދުމަށްޓަކައި އޭޖީ އޮފީހާއި ގުޅިގެން އަޅުގަނޑުމެއް މަސައްކަތް ތަކެއް ކުރަން.. އެ ގަރާޖުތަކުން އެބޭފުޅުންގެ އިގުމަކާއި ނުލާ ރަޖިސްޓްރީ ވެފައި ހުރި ގިނަ އަދަދެއްގެ ވެހިކަލް.. އެބޭފުޅުންގެ ގެދޮރުން.. ނޫނީ ލިސްޓުން އުނިކުރުމުގެ މަސައްކަތްވެސް އެބަ ކުރަންޖެހޭ.. މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނުން ބޭރުން ހިނގާފައިހުރި ކަންތަަކުގެ ތެރެއިން، މިހާރު މާލެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް، ނިޒާމުން ބޭރުން ރަޖިސްޓްރީ ނުކޮށް އަދި ނުބައި ނަންބޯޑު ބޭނުންކޮށްގެންނާއި ރަޖެސްޓްރޭޝަން ޕޮރޮސަސް އެއް ނެތި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް ގެންގުޅެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ވަކިން ޙާއްސަކޮށް ޕްރޮގުރާމެއް ފުލުހުންންނާއި ހޯމް މިނިސްޓްރީ އަދި ޓްރާސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މިހާރު ފެށުމަށްޓަކައި ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ ވުޒާރާއިން އަޅާނެ ކަމަށް ވަނީ ފާހަކޮށްފައެވެ. އަދި ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަސް ތެރޭގައި މާލެއަށް ހެޔޮ ބަދަލު ތަކެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ ޤާނޫނުގައި ހަމަ ކަނޑައެޅިގެން މި ވަކިގޮތަކަށް ރަޖިސްޓްރީކޮށް އެކި ޒޯންތަކުގައި ދުއްވުމަށް ކަޑައެޅިފައި ހުރި މިންގަނޑުން ބޭރުން ގަސްތުގައި، ރަޖިސްޓްރީ ނުކޮށް ވަގު ނަންބަރ ޕްލޭޓް އަޅުވައިގެން ދުއްވާ ފަރާތްތަށް އަޅުގަނޑުމެންއަށް ހޯދޭނެ.. މިކަމުގައި ވެސް މިހާރު އޮތް ނިޒާމަށް ބަދަލުތަކެއް ގެންނަށްޖެހޭ ކަން އަޅުގަނޑުމެން ޤަބޫލު ކުރަން، އެއީ އިލެކްޓްރޯނިކަލީ އެ ނަންބަރ ޕްލޭޓް ނޫނިއްޔާ އެ ރަޖިސްޓްރީ ކޮށްފއި އޮންނަ ވެހިކަލެއް ފުލިހުންނާއި ތަންފީޒު ކުރަންޖެހޭ ފަރާތްތަކަށް ފަސޭހައިން ދެނެގަނެވޭނެ މިޒާމެއް ހަދަންޖެހޭ“ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: