ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް 50 މިލިއަނަށް އިތުރުކުރެވިއްޖެ : މިނިސްޓަރ

މިނިސްޓަރ ޝަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް 50 މިލިއަނަށް އިތުރުކުރެވިއްޖެކަމަށް ފިނޭސް މިނިސްޓަރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ، 17 ނޮވެންބަރގައި 2 ބިލިއަންގަ ހުރި ފަންޑު މިއަދާއި ހަމައަށް އައިރު 50 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައި ކަމަށެވެ. އަދި 2 މިލިއަނުން 50 މިލިއަނަށް އިތުރުކުރެވިފައިވާ ފަންޑު ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 100 މިލިއަނާއި ހަމައަށް އިތުރުކުރެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިޞާދާއި މާލީ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފައިވާކަމަށެވެ، ނަމަވެސް ސަރުކާރުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެ ވުޒާރާގެ ޑެޓް ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމަކީ މުހިންމު ކަމެއް ގޮތުގައި ދެކޭކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި މިއަދާއި ހަމައަށް އައިރު ދައުލަތުގެ ޙަރަދުތައްކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އަދި އެހެނިހެން އިދާރާތަކަށް މިއަދާއި ހަމައަށް އައިރު މިވަނީ 6.4 ބިލިއަން ރުފިޔާ ޙަރަދު ކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވެފައެވެ. އަދި ޕްރައިވެޓް ސެކްޓާގެ ޕޭމެންޓް ހެދުމަށް 4.9 ބިލިއަނަށް ޙަރަދު ކުރެވިފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެސްއޯއީ ރިފޯމް ޕްރޮގުރާމް އަކީ މުހިންމު ޕްރޮގުރާމްއެއް ކަމަށް ދެކޭ ކަމަށާއި ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރެވޭ ހޭދަ މިހާރަށް ވުރެން އެފެޝިއަންޓްވާން ޖެހޭ ކަމަށާއި އަދި ކުންފުނި ތަކުގެ ޙަރަދު ކުޑަ ކުރަންޖެހޭ ކަމަށެެވެ. އަދި ޖުމްލަ ގޮތެއްގައި ބަލާއިރު ސަރުކާރުގެ ޙަރަދުތައްވެސް މިހާރަށްވުރެން ކުޑަކުރަން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

“ އަދި ޖުމްލަކޮށް ބަލާއިރު ސަރުކާރުގެ ޙަރަދުތައްވެސް މިހާރަށްވުރެން ކުޑަކޮށް އިޝްރާފުގެ ބައި ކުޑަކުރަން އެބަޖެހޭ… އެ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ކަމެއް.. މިމޭރުހުން ސަރުކާރުން އަޅުގަނޑުމެން މަސައްކަތް ކުރައްވަމުން މިދަނީ ސޭވިން… ސޭވްކުރެވެން ހުރި އޭރިއާތަށް ފާހަގަކޮށް ސޭވްކުރުމާ އެއްކޮށް އިޝްރާފުވީ ހައިވެސް ކުޑަކޮށް ދައުލަތުގެ އާންމުދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދައި… އިތުރުކޮަށް ދައުލަތުގެ ބަޖެޓުގެ ޑެފެސިޓް ކުރުމުގައި ކުރެވެންހުރި މަސައްކަތްތައް ކުރުމަށް.. މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ 25 އަށް ވުރެ ގިނަ ކުންފުނީގެ ފައިނެންޝިއަލް ސްޓޭޓް މެންޓް ރެގިއުލާކޮށް މިނިސްޓްރީ އޮފް ފައިނޭސްގެ ފަރާތުން ރިވިއުކުރަމުންދާކަމާއި އަދި ސަބްސިޓީދޭ މިންވަރު ކުޑަކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. މިއަހަރު ތެރޭގައި އެ ކުންފުނިތަކަށް އިސްލާހީ ހެޔޮ ބަދަލެއް ގެނަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

“ ސަރުކާރުން ތަރައްޤީގެ މަޝްރޫއުތަކަށް އިސްކަމެއްދީ.. މި މަޝަރޫއުތައް ހިންގުމުގައި އާންމު ރައްޔިތުންނަށް ފައިދާހުރި މުހިންމު ޕްރޮޖެކްޓްތަކެއް ހާއްސަ ސަމާލުކަމެއްދީ.. މި އަހަރުގެ މިހާ ހިސާބަށް އައިރު 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ވަނީ އެވޯޑް ކުރެވިފަ.. މީގެ ތެރޭގައި ޙާއްސަކޮށް ހެލްތް ސެކްޓާ އޭގެ %20 ދެވިފައިވާކަން ފާހަގަކުރެވެ.. މިނިސްޓަރ ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: