ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ ގުރުނެގުން އަންގާރަ ދުވަހު

ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ ގުރުނެގުން އަންގާރަ ދުވަހު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން ފެށި “ ބިންވެރިޔާ ސްކީމް “ ގެ ދަށުން ގިރާވަރު ފަޅުން ދޫކޮށްފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރަން ހުށަހަޅާފައިވާ މީހުންގެ ގުރުނެގުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ޢިއުލާން ކޮށްފިއެވެ.

ގުޅީފަޅަށް ބަދަލުވާން ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ޖޫން 2024 ވާ އަންގާރަ ދުވަހު  12:00 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި އެވެ. އަދި ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅު ލާން ބޭނުންވާ މީހުންނަށް ހެނދުނު 9:00 އިން 10:00 އަށް ފުރުސަތު އޮންނާނެ ކަމަށް އެ ވުޒާރާއިން ކުރި ޢިޢުލާނުގައި ވެއެވެ.

މީގެ އިތުރުން، ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ދެންނެވިފައިވާ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެފަރާތެއްގެ ނަންކޮޅު އަމިއްލައަށް ގުރުނަގާ ފޮއްޓަށްލާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ގަޑިއަށް އެ ފުރުޞަތު ދިނުމަށްފަހު، އެގަޑީގައި ޙާޟިރުނުވާ ފަރާތްތަކުގެ ނަންކޮޅު ގުރުގައި ބައިވެރިވާ ފަރާތްތަކުގެ ޙާޟިރުގައި މިނިސްޓްރީގެ ފަރާތުން ގުރުނަގާ ފޮއްޓަށްލުމަށްފަހުގައި ކަމަށާއި އަދި ލިސްޓްގައި ހިމެނޭ އެއްވެސް ފަރާތަކަށް ޙާޟިރުވެވެން ނެތްނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާނަމަ ބަދަލުގައި ޙާޟިރުވާ ފަރާތުގެ މައުލޫމާތު، ހާޟިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއަކާއެކު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް 1 ޖޫން 2024 ވާ ހޮނިހިރުދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 3 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށައެޅުމަށްވަނީ އެދިފައެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅިފަޅަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެއެވެ. އެގޯތީގެ އަދަދާއި ބޮޑުމިނަކީ:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: