މެއި މަހުގައި 244 ވައްކަމުގެ މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތެފާސްހިސާބްތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހުގައި 976 މައްސަލައެއް ހުށައަޅާފައިވާއިރު މެއި މަހު އެއަދަދުވަނީ ޖުމްލަ 759 އަކަށް ދައްވެފައެވެ. އެގޮތުން މެއި މަހު އެންމެ ގިނައިން މައްސަލަ ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. ވައްކަމާއި ކުށުގެ މައްސަލަ އަކީ އަހަރަކަށް ވުރެން އަހަރަކު އިތުރުވަމުން އަންނަ މައްސަލައަކަށް ވާއިރު ފުލުހުން އަންނަނީ ކުށް ކުރާ ފަރާތްތަކުން ކުށްކުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ނިމިދިޔަ މަހު ވައްކަމުގެ މައްސަލަ އެންމެ ގިންވެފައިވާއިރު، ޖެހިގެން އެންމެ ގިނައީ އެކްސިޑެންޓްގެ މައްސަލަތަކެވެ.
މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- – ވައްކަން ކުރުމުގެ 244 މައްސަލަ
- – ޓްރެފިކް އެކްސިޑެންޓު 169 މައްސަލަ
- – މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލަ
- – މަކަރާއި ހީލަތް ހެދުން 25 މައްސަލަ
- – ޖިންސީ ގޯނާގެ 13 މައްސަލަ
- – އަނިޔާ ކުރުމުގެ 30 މައްސަލަ
- – ގެވެށި އަނިޔާ 18 މައްސަލަ
- – ފޭރުމުގެ 36 މައްސަލަ
- – ފޯޖް ކުރުމުގެ 12 މައްސަލަ
- – މަސްތުވާތަކެއްޗާ ގުޅޭ 88 މައްސަލަ
- – އެއްޗެހި ގެއްލުމުގެ 78 މައްސަލަ
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ މަހަކުވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަކަން ފާހަގކޮށްލެވެއެވެ.

