ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ޢިއުލާންކޮށްފިއެވެ.
މަޒުމޫނުލިޔުމުގެ މުބާރާތުގައި ބައިވެރިވެވޭނީ ދެ ކެޓެގަރީއަކުން ކަމަށް އެ ވުޒާރާއިން ވަނީ ޢިއުލާންކޮށްފައެވެ. ކެޓެގަރީ 1 ގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އަދި މި އުމުރުފުރާގެ ކުދިން މުބާރާތަށް ހުށައަޅަންޖެހޭ މަޒުމޫނުގެ ދިގުމިނަކީ 1500-1200 ދެމެދުގެ ބަހެވެ. އަދި ކެޓެގަރީ 2 ގައި ބައިވެރިވެވޭނީ އުމުރުން 17 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށްވާއިރު މި އުމުރުފުރާގެ ކުދިން މުބާރާތަށް ހުށައަޅަންޖެހޭ މަޒުމޫނުގެ ދިގުމިނުގައި
1700-1500 ދިގުމިނުގެ ބަސް ހުންނަން ވާނެ ކަމަށް ޢިއުލާނުގައި ވެއެވެ. މަޒުމޫނު ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް ހުށައެޅުމަށްވަނީ ފުރުސަތު ދެއްވާފައެވެ.
މަޒުމޫނު ހުށައަޅުއްވާއިރު މަޒުމޫނު ލިޔުނު ފަރާތުގެ ނަމާއ،ި އައ.ިޑ.ީކާޑުގެ ނަންބަރ،ު އެޑްރެސ،ް އަދި ގުޅޭނެ ފޯނު ނަންބަރާއި އަދި މަޒުމޫނާއެކު އައ.ިޑ.ީކާޑުގެ ކޮޕީ މިނިސްޓްރީއަށް ފޮނުވުމަށް ވަނީ އެދިފައެވެ. މަޒުމޫނު ހުށައަޅަންވާނީ އ4ޭ ކަރުދާހުގައ،ި ފަރުމާ ފޮންޓު އަދި ޓައިމްސް ނިއު ރޯމަން ،12 ލައިން ސްޕޭސިން 1.5 ފޯމެޓަށެވެ.
މި މުބާރާތުގެ ފަނޑިޔާރުންގެ އަދަދަކީ 3 އެވެ. އަދި މަޒުމޫނުއަށް ވަނަހޮވުމުގައި ބެލެވޭ މިންގަނޑު ތަކަކީ:
– މައުޞޫ އާއި ލިޔެފައިވާ މަޒުމޫނާއި ގުޅުން ހުރި މިންވަރު – % 20
– އިލްމީ އަދި ފަންނީ ދިރާސީ ހެކި ހިމަނާފައިވާ މިންވަރު – % 20
– ސަބަބުވެރި ބަހުސް – % 20
– އުފެއްދުންތެރިކަން – %20
– މަޒުމޫނުގެ މެސެޖް ސާފު ބަހުން ކިޔާ މީހާއަށް ދޭހަކޮށްދިނުން – %20
މި މުބާރާތުގައި އި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކާއި ދެވޭ އިނާމުތަކަކީ 1 ވަނަ އިނާމުގެ ގޮތުގައި 3000/- ރުފިޔާ، 2 ވަނަ އިނާމުގެ ގޮތުގައި /-2500 ރުފިޔާ އަދި 3 ވަނަ އިނާމުގެ ގޮތުގައި /- 1500 ރުފިޔާގެ އިނާމެކެވެ.

